
އެމްއެންޑީއެފްގެ މޭޖަރ އަލީ ސަލީމް ނިޔާވެއްޖެ
އެމްއެންޑީއެފްގެ މޭޖަރ އަލީ ސަލީމް ނިޔާވެއްޖެ
ލިޔުން:
އެމްއެންޑީއެފްގެ މޭޖަރ އަލީ ސަލީމް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
މޭޖަރ އަލީ ސަލީމް ނިޔާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ޝަމާލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ހިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވީ ހަބަރު އެހީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށެވެ. އަދި މޭޖަރ ސަލީމް ގެ އާއިލާ އަށް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
https://twitter.com/CDFofMNDF/status/1650843944346058757
މީގެ އިތުރުން ޝަމާލް ގެ ޓްވީޓްގައި ވިދާޅުވީ، މޭޖަރ ޢަލީ ސަލީމަކީ، ދިވެހި އަސްކަރީ ހިދުމަތުގައި އިހްލާސްތެރިކަމާއި ވަފާތެރިކަން މަތީ 34 އަހަރު ދުވަހު އަގުނުކުރެވޭފަދަ އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކަމަށާއި، ހާއްސަކޮށް، ފަޔަރ ފައިޓަރުން ތަމްރީން ކުރެއްވުމުގައި އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވޭކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
