މާލެ: 31°C
ޓެރޭނިން ނިންމައި 98 މީހަކު ސިފައިންގެ ޚިދުމަތަށް

ޓެރޭނިން ނިންމައި 98 މީހަކު ސިފައިންގެ ޚިދުމަތަށް

April 28, 2024
2 ފަހަރު ބަލާފައި
ޓެރޭނިން ނިންމައި 98 މީހަކު ސިފައިންގެ ޚިދުމަތަށް
އެމްއެންޑީއެފުން ތަމްރީނު ކުރުމަށް ހިންގަމުން އަންނަ އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗްގައި 98 މީހަކު ތަމްރީނުކޮށް، ސިފައިންގެ ހިދުމަތާ އަލަށް ގުޅިއްޖެއެވެ. އިއްޔެ ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު، މުހައްމަދު ޣައްސާން މައުމޫންއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި 70 ވަނަ ތަމްރީނު ބެޗުން ޖުމްލަ 98 ދަރިވަރުން ދަސްވެނިމިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ، ޕްރައިވެޓް ހަމްނާ ރަޝީދެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް އިޝްޙާޤް ޝަރީފް ހާސިލުކޮށްފައިވާއިރު، ހަށިހެޔޮކަމުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިހަމް ޢަލީ އެވެ. އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް މުޙައްމަދު ރިޝްފާން ހާސިލުކޮށްފައިވާއިރު، މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދެވެ. https://twitter.com/MNDF_Official/status/1784231777080619055 އޭގެ އިތުރުން، މި ޕްރޮގްރާމްގެ އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައި ވަނީ ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. އެ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ޢަބްދުﷲ ހާޝިމް އަޙްމަދު ހޮވިފައިވާ އިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޕްރައިވެޓް ޙުސައިން އައިހަމް މޫސާ އެވެ. އަދި ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިޝްޙާޤު މުޙައްމަދު ހޮވިފައިވާއިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙްމަދު ރިމާޙު އެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު ކާނަލް އިބްރާހީމް އަޝްރަފެވެ. އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. މި ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ