މާލެ: 31°C

އަޑިއަށްދިޔަ އުޅަނދަކަުން ބައެއްތަކެތި އޮޔާދާތީ ވ ފެލިދޫ ބޭރުން ދަތުރުކުރާފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފި

July 9, 2026
257 ފަހަރު ބަލާފައި
އަޑިއަށްދިޔަ އުޅަނދަކަުން ބައެއްތަކެތި އޮޔާދާތީ ވ ފެލިދޫ ބޭރުން ދަތުރުކުރާފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފި
ވ ފެލިދޫ ބޭރަށް އަޑިއަށްދިޔަ އުޅަނދަކުން ބައެއް ތަކެތި އޮޔާދާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދެފި އެވެ.

ވ ފެލިދޫ ބޭރަށް އަޑިއަށްދިޔަ އުޅަނދަކުން ބައެއް ތަކެތި އޮޔާދާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ހުޅަނގުން އަޑިއަށްދާ އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށާއި މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއްވައެވެ.

އަދި މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށާއި އަދި، މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ