
އެމްއެމްޕީއާރްސީ ބޯޑުގައި މަޓީ ތަމްސީލުކުރާ މެންބަރު އިސްތިއުފާ ދީފި
އެމްއެމްޕީއާރްސީ ބޯޑުގައި މަޓީ ތަމްސީލުކުރާ މެންބަރު އިސްތިއުފާ ދީފި
ލިޔުން:
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ބޯޑުގައި ހިމެނިވަޑައިގެންނެވި މެމްބަރު ރާފިލް މުހައްމަދު އެ ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ.
ރާފިލް އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި ބޭފުޅާ އެވެ. އޭނާ ބޯޑުން އިސްތިއުފާ ދެއްވި ސީދާ ތާރީހެއް ސާފެއް ނުވެ އެވެ.
ރާފިލް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީ ސިފައެއްގައި ހާމަކޮށްފައި ނުވިނަމަވެސް ބައެއް ސޯސްތަކުން އެނގުނު ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ބޯޑުގެ ނިންމުންތަކާއިމެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.
ރާފިލް އިސްތިއުފާ ދެއްވިއިރު ރޭގެ ވަގުތެއްގައި އެމްއެއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރުއައިން ޖަނާހުވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއްވެސް އަދި ހާމައެއް ނުވެ އެވެ.
އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ވެގެން ގޮސްފައިވަނީ މިފަހުން މީޑިއާގައި އެންމެ އަޑުގަދަކޮށްލި ދެ އިދާރާ އަށެވެ. މި ދެތަނުގެ އެތެރޭގައި ބައެއް މައްސަލަތައް ހުރިކަމުގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވުނު ނަމަވެސް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އެމްއެމްޕީއާރުސީއާއެކު މިނިސްޓްރީން ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
