މާލެ: 31°C
އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު މަގާމުން ވަކިކޮށްފި

އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު މަގާމުން ވަކިކޮށްފި

May 22, 2024
2 ފަހަރު ބަލާފައި
އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު މަގާމުން ވަކިކޮށްފި
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފި އެވެ. އޭނާ އެ މަގާމުން ވަކިކުރިކަން ދާދި ދެންމެއަކު ވަނީ ކަށަވަރު ވެފަ އެވެ. އެހެންނަމަވެސް ވަކިކުރެއްވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޗެއާޕާސަން އާއިޝާ ނޫރުއައިން ޖަނާހު ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވުމާއިއެކު، އިސްތިއުފާ ގަބޫލުކޮށް ޕީސީބީން އޭނާ ވަކިކޮށްފި އެވެ.
އެކަމާ ގުޅޭގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ނޫރައިންގެ އިސްތިއުފާގެ ސިޓީ 21 މެއި 2024 ގައި ލިބިފައިވާ ކަމަށެވެ. އެހެންކަމުން އިސްތިއުފާ ޤަބޫލުކޮށް، އެ މަޤާމުން އޭނާ ވަކިކޮށްފައިވާކަމަށް ވެސް ޕީސީބީން ބުނެފައިވެ އެވެ. ނޫރައިން އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ދުބާއީގައި މި މަހު ކުރީކޮޅު އޮތް އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ފެއާގައި އިނގިރޭސީ ބަހުން ދެއްވި އިންޓަވިއުއަކާ ގުޅިގެން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އޭގެ ފަހުން އެ ކުންފުނިން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި ނޫރައިން ބައިވެރިނުކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެންގެވި ކަމަށް ބުނެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަން މިނިސްޓަރު ފައިސަލް ދޮގުކުރެއްވި ނަމަވެސް އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ. ނޫރައިންގެ އިސްތިއުފާއާ ގުޅިގެން ތަފާތު އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދެކެވެމުންނެވެ. އެހެންނަމަވެސް އެނާ އެކަމާ ބެހޭ ގޮތުން މީޑިއާގައި އަދި ވާހަކައެއް ނުދައްކަވައެވެ. ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 27، 2023 ގައެ
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ