މާލެ: 31°C

އެމްއެމްސީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި

އެމްއެމްސީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި
March 26, 2023
2 ފަހަރު ބަލާފައި
އެމްއެމްސީގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ހުޅުވާލައިފިއެވެ. އެ އިދާރާއިން މިއަދު ނެރުނު އިއުލާން އެއްގައި ވާގޮތުން އެ އިންތިހާބުގައި ޖުމްލަ ތިން މެންބަރުން ހޮވުމަށް ހަމަޖެހިފައިވެއެވެ. އެއީ މީޑިއާ ތަމްސީލުކުރާ އެއް މެންބަރަކާއި އާންމު ދެ މެންބަރުންނެވެ. ހޯމް މިނިސްޓްރީން ބުނީ ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި ފޯމް ބަލައިގަންނާނީ މިމަހުގެ 30،29،28،27 އަދި އޭޕްރިލް 2 ގެ ހެނދުނު 9:30 ން ފެށިގެން މެންދުރު 12:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގެ ރިސްޕްޝަނުން ކަމަށް ބުންޏެވެ. މީޑިއާ ކައުންސިލަށް މެމްބަރުން ހޮވަން މިފަހަރު ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ  މިދިޔަ ފެބްރުއަރީމަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ އެމަހުގެ 14 ވަނަ ދުވަހާ ހަމަަށް ފުރުސަތު އޮންނަ ގޮތަށެވެ. އޭގެ ފަހުން އެ ފުރުސަތު ފެބްރުއަރީ 26 އާ ހަމައަށް އިތުރުކުރި އެވެ. މީޑިއާކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާއްމުންގެ ފަރާތުން ތިއްބަވާ ހަ މެމްބަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ