މާލެ: 31°C
އެމްއެމްސީގެ އާއްމު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްސީގެ އާއްމު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

March 4, 2024
2 ފަހަރު ބަލާފައި
އެމްއެމްސީގެ އާއްމު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާއްމު މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރި އާއްމު އިއުލާނުގައި ބުނެފައިވަނީ، އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށް ކަމަށެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ. ޔޫތު މިނިސްޓްރީން ބުނީ، އާންމު މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި ޤާނޫނީ ދާއިރާ، ދިވެހި ބަހުގެ ދާއިރާ، އިންސާނީ ޙައްޤުތަކުގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާޢީ ސައިންސަސް ގެ ދާއިރާއަކުން މަތީ ތަޢްލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނޭ ކަމަށެވެ. މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން މާޗްމަހުގެ 14 ވަނަ ދުވަހުގެ ކުރިން ،މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެއެވެ. މީޑިއާ ކައުންސިލްގެ އާއްމު މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ މަގާމު ހުސްވުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ