މާލެ: 31°C

މަޖިލީހުގެ މި ދައުރަށް 14 ބިލެއް ހުށަހަޅަން އޭޖީ އޮފީހުން ފޮނުވައިފި

މަޖިލީހުގެ މި ދައުރަށް 14 ބިލެއް ހުށަހަޅަން އޭޖީ އޮފީހުން ފޮނުވައިފި
May 21, 2023
2 ފަހަރު ބަލާފައި
މަޖިލީހުގެ މި ދައުރަށް 14 ބިލެއް ހުށަހަޅަން އޭޖީ އޮފީހުން ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރަށް ޖުމްލަ 14 ބިލެެއް ހުށަހަޅަން ބަންޑާރަނައިބުގެ އޮފީހުން ނިންމައި އެބިލުތަށް މަޖިލިހަށް ފޮނުވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު އާންމުކުރި އެ 14 ބިލު ހިމެނޭ ލިސްޓުގައި އާ ގާނޫނެއް އެކުލަވާލަން ތަފާތު ހަތަރު ބިލެއް ހިމެނެ އެވެ.

އޭގެ ތެރޭގައި، ހައްޖާއި އުމްރާގެ ބިލާއި ޒަކާތުގެ ބިލުގެ އިތުރުން، ފޮރިން އިންވެސްޓުމެންޓުގެ ބިލާއި ވަޒީފާ ގެއްލޭ މީހުންގެ އިންޝުއަރަންސްގެ ބިލު ހިމެނެއެއެވެ.

[embed]https://twitter.com/AGOmv/status/1660176332003889152[/embed] ހައްޖާއި އުމްރާގެ ބިލު އެކުލަވާލައި ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެބިލުގައި ހައްޖު ކޯޕަރޭޝަންގެ މަސްއޫލިއްޔަތުތަކާއި ހައްޖާ އުމްރާގެ ފަންޑެއް ގާއިމުކުރުމާއި ފަންޑަށް ޖަމާކުރެވޭ ފައިސާ އިންވެސްޓުކުރުމާ ގުޅޭ އުސޫލުތައް އެކުލަވާލާނެކަމަށް ކުރިން ބަންޑާރަަނައިބުގެ އޮފީހުން ބުނެފައިވެއެވެ.

މިއަދު އާންމުކުރި ލިސްޓުގައި ބާކީ ހުރި ބިލުތަކަކީ މިހާރު ހުރި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތަކެވެ.

އޭގެ ތެރޭގައި މަސްތުވާތަކެއްޗާބެހޭ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ހިމެނެ އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގައި އަލަށް 11 ބިލެއް ހުށަހަޅާފައިވާއިރު އޭގެ ކުރީ ދައުރުން 20 ބިލެއް ލިބިފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ނިންމާލެވިފައިވަނީ އެންމެ ދެ ބިލުގެ މަސައްކަތެވެ. ފަސް ބިލެއް ތަޅުމުގައި އޮތްއިރު 24 ބިލެއް އޮތީ ކޮމިޓީގައެވެ. އެ ދައުރަށް ހުށަހެޅި މުހިންމު ބިލްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހާއި އާންމު އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިތުރުން ކުޅިވަރުގެ ގާނޫނަށް ހުށަހެޅި އިސްލާހު ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ