މާލެ: 31°C
މަޖިލީހުގެ 5 މެމްބަރަކު ޗައިނާއަށް

މަޖިލީހުގެ 5 މެމްބަރަކު ޗައިނާއަށް

July 21, 2024
2 ފަހަރު ބަލާފައި
މަޖިލީހުގެ 5 މެމްބަރަކު ޗައިނާއަށް
ޗައިނާ-ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމަށް ރައްޔިތުންގެ މަޖިލީހުގެ 5 މެމްބަރަކު ރޭ އެ ގައުމަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އިސްކޮށް ހުންނެވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ފޯރަމުގައި އޭނާ ވަނީ ތަގުރީރު ކުރެއްވުމަށް ވެސް ހަމަޖެހިފައެވެ. ޗައިނާ ދަތުރުފުގައި ދެން ބައިވެރިވެވަޑައިގެންފައި ވަނީ ޕީއެންސީ އަށް ނިސްބަތްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުއްގާދިރުގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ. މަޖިލީހުގެ މެންބަރުންގެ ވަފުދެއް ޗައިނާއަށް ވަޑައިގަތްއިރު، އިއްޔެ ތިން މިނިސްޓަރަކު ވެސް ވަނީ ރަސްމީ ދަތުރެއްގައި ޗައިނާ އަށް ވަޑައިގެންފައެވެެ. އެއީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގްގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުއްމުއްތަލިބެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ