މާލެ: 31°C

މިވަގުތު 1600 އަށްވުރެ ގިނަ ދިވެހިން ދަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުން: އެޗްޕީއޭ

February 4, 2025
250 ފަހަރު ބަލާފައި
މިވަގުތު 1600 އަށްވުރެ ގިނަ ދިވެހިން ދަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުން: އެޗްޕީއޭ
ރާއްޖޭގައި މިވަގުތު ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ 1،600 އަށްވުރެ ގިނަ ދިވެހިން އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފި އެވެ.

ރާއްޖޭގައި މިވަގުތު ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ 1،600 އަށްވުރެ ގިނަ ދިވެހިން އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފި އެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ އަހްމަދު މުއާޒު އާދަމް ރޭ ޕީއެސްއެމް މީދިއާގައި ވާހަކަދައްކަވަމުން ވިދާޅުވީ ކެންސަރަށް ފަރުވާ ކުރާ މީހުންގެ ތަފާސް ހިސާބުތައް އެއްކުރުމުގެ މަސައްކަތް އެޗްޕީއޭ އިން ފާއިތުވި ދެ އަހަރުތެރޭ ކޮށްފައިވާ ކަމަށާއި، މި އަހަރުގެ މިހާތަނަށް 1،600 އަށް ވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ކުރަމުންދާކަމަށާއި، މިދިޔަ އަހަރު އެ އަދަދު ހުރީ 1،400 ގައި ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވަހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ ކެންސަރަށް ފަރުވާ ކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، އޭގެ ތެރޭގައި ޒުވާން އުމުރުގެ މީހުން ވެސް ހިމެނޭ ކަމަށާއި، އޭގެ ތެރެއިން އަންހެނުންނަށް އާންމުކޮށް ޖެހެނީ އުރަމަތީގެ ކެންސަރު ކަމަށާއި އަދި ފިރިހެނުންނަށް އާންމުކޮށް ޖެހެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ފުއްޕާމޭގެ ކެންސަރު ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

އެހެންކަމުން ކެންސަރަށް ހުށަހެޅޭ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ ރަނގަޅު ކާނާ ކެއުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަޝްރަތު ކުރުން ފަދަ ކަންކަން ކުރަންޖެހޭ ކަމަށް މުޒާޒް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ