
މިސް ޔުނިވާސް އިވެންޓުގައި ޝައިނާ ދެއްކި ރީތި ނަމޫނާއިން ތައުރީފް އޮހެނީ
މިސް ޔުނިވާސް އިވެންޓުގައި ޝައިނާ ދެއްކި ރީތި ނަމޫނާއިން ތައުރީފް އޮހެނީ
ލިޔުން:
މިދިޔަ ހޯމަ ދުވަހު މެކްސިކޯގައި ފެށި މިސް ޔުނިވާސް މުބާރާތުގެ ޕްރިލިމިނަރީ ރައުންޑުގައި ޝައިނާ ފެނިގެން ދިޔައީ ދިވެހިންގެ ސަގާފީ ބޯވަޅު އެޅި ރަތް ލިބާހުގައެވެ. އެ މުބާރާތުގެ ބިކިނީ އިވެންޓުގައި އެންމެން ހީކުރިގޮތާ ހިލާފަށް ޝައިނާ ލައިގެން ހުރީ އޮފް ވައިލެޓު ކުލައިގެ ދިގު ބީޗް ވެއަރ ހެދުމެކެވެ.
ޝައިނާ މި މުބާރުތުގައި ބައިވެރިވުމަށް މެކްސިކޯއަށް ފުރިފަހުން ގިނަ ބަޔަކު، ދިވެއްސަކު ނިވާކަން ކުޑަ ހެދުންތަކުގައި ރާއްޖެ ތަމްސީލުކުރަނީ ކަމަށްބުނެ ގިނަ ފާޑުކިޔުންތައް އޭނާ އަށް އަމާޒުކުރިއެވެ.
އެހެންނަމަވެސް ގިނަ މީހުން ހީކުރި ގޮތާ ހިލާފަށް މި މުބާރާތުގައި މިހާތަނަށް ޝައިނާގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ފެނިފައެއް ނުވެއެވެ. އެއާ ޚިލާފަށް ޝައިނާ މުޅި ދުނިޔެއަށް ދައްކައިލީ ދިވެހިންގެ ރީތި ސަގާފަތެވެ. މިކަމުގެ ސަބަބުން ޝައިނާއަށް ފާޑުކިޔުންތައް އަމާޒުކުރި ގިނަ މީހުންވަނީ މިހާރު އޭނާއަށް އެމީހުން އަމާޒުކުރި ފާޑުކިޔުންތައް ރަނގަޅު ނޫންކަމަށް އެއްބަސްވެފައެވެ.
ސޯޝަލް މީޑީއާއިން ފެންނަ މިފަދަ ބައެއް ޕޯސްޓުތަކުގައި ދިވެހި ޒުވާނަކާ ދޭތެރޭ އެފަދަ ގޮތަކަށް ހީކުރެވުނީ އާންމުގޮތެއް މި މުބާރުތުގެ ބިކިނީ އިވެންޓުގައި ނިވާކަން ކުޑަ ހެދުންތަކުގައި ބައިވެރިން ފެންނާތީ ކަމާއި އެހެންނަމަވެސް ޝައިނާގެ ފަރާތުން މިފަދަ ކަމެއް ފެނިފައިނުވާތީ އެމީހުން ކީ ފާޑުތައް އަމާޒުކޮށްފައިވަނީ އެންމެ ރަނގަޅަށް ހަޤީގަތް ބެލުމެއް ނެތިކަމަށް ބައެއް ފަރާތްތަކުން މިހާރު އެއްބަސްވެ އަދި ޝައިނާ ދައްކާ ރީތި ނަމޫނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
މިސް ޔުނިވާސް މުބާރާތުގައި މިފަހަރު 130 ގައުމަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ކުރިއަށް އޮތީ މުބާރާތުގެ 25 ފައިނަލިސްޓުން ހޮވުމެވެ. މިއީ ދިވެއްސަކު މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި ނޫހުގެ ފަރާތުން ޝައިނާއަށް ފުރިހަމަ ކާމިޔާބަށް އެދެމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
