މާލެ: 31°C
މިސްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ޓޫރިސްޓު ވިސާ ލިބޭ ގޮތް ހަމަޖައްސައިފި

މިސްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ޓޫރިސްޓު ވިސާ ލިބޭ ގޮތް ހަމަޖައްސައިފި

July 13, 2023
2 ފަހަރު ބަލާފައި
މިސްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ޓޫރިސްޓު ވިސާ ލިބޭ ގޮތް ހަމަޖައްސައިފި
ދިވެހިރާއްޖެއިން މިސްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އޮން އެރައިވަލް (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ. މި އިންތިޒާމުގެ ދަށުން، ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ މީހުން މިސްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެއެވެ. މި ވިސާއަކީ ޓޫރިސްޓް ވިސާއެކެވެ. މި ވިސާގެ ފީއަކީ 25 ޑޮލަރެވެ. ދިވެހި ޕާސްޕޯޓް އޮންނަ މީހުން ވިސާ އޮން އެރައިވަލް ދިނުމަށް މިސްރު ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިސްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތައުލީމް ހާސިލްލްކުރުމަށް ނުވަތަ މިސްރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިސްރަށް ދަތުރުކުމުގެކުރިން އެކަމަކާގުޅޭ ވިސާއެއް ނަގަންޖެހޭނެއެވެ. ދިވެހިންނަށް މިސްރަށް ވިސާ އޮން އެރައިވަލް ދިނުމަށް މިސްރު ސަރުކާރުން ނިންމި މި މުހިންމު ނިންމުން، ދިވެހި ސަރުކާރުން ދެކެނީ ދެ ގްއުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި މިސްރުން ދިވެހިރާއްޖެއަށް ދޭ ހާއްސ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ