
މިސްކިތްތަކުގެ މަރާމާތަށް ދިން ފައިސާއާ ބެހޭ ގޮތުން ސަރުކަރުން ދައްކަނީ ހަގީގަތާހިލާފު ވާހަކައެއް: މޭޔަރު
މިސްކިތްތަކުގެ މަރާމާތަށް ދިން ފައިސާއާ ބެހޭ ގޮތުން ސަރުކަރުން ދައްކަނީ ހަގީގަތާހިލާފު ވާހަކައެއް: މޭޔަރު
ލިޔުން:
މާލޭގެ މިސްކިތްތަ މަރާމާތު ކުރަން ބޭނުންވާ ފައިސާ ދިންކަމަށް ސަރުކާރުން ބުނާ ވާހަކަ ސިޓީ ކައުންސިލުން ދޮގުކޮށްފި އެވެ.
މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ފައިސާ ހޯދުމަށް ސިޓީ ކައުންސިލުން ބޭއްވި އިވެންޓް ނިންމައިލަމުން ރޭ މާލޭގެ މޭޔަރު ޑރ.މުހަމަދު މުއިއްޒު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރަން މިދިޔަ ތިން އަހަރު ތެރޭ ދިނީ ޖުމްލަ އެއް މިލިއަން ރުފިޔާ ކަމަށެވެ. އަދި ފައިސާ ދިން ކަމަށް ސަރުކާރުން ބުނާ ބުނުމުގެ ސަބަބުން ފަންޑްރެއިޒް އިވެންޓް އަށް ހިޔަނި އެޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ .
" އިސްލާމިކް މިނިސްޓަރީން ކަނޑަ އަޅުއްވައި ދެއްވަވާފައި އޮންނަނީ އެއް މލިއަން ރުފިޔާ ގެ ބަޖެޓެއް . އެ ފަިސާ ހުސްވެގެން އަޅުގަނޑު މެންގެ އާނމުދަނީ ފައިސާގެ ތެރެއިން 10 މިލިއަން ހަރަދު ވެގެން ގޮސްފައި މިވަނީ ، އަދި މިދިޔަ އަހަރަށް މިނިމުނު 2022 އަށް ރީމްބަސް ކުރާ ގޮތަށް ، އަޅުގަނޑު މެންނަށް އަނބުރައި ދައްކައިދޭ ދޭނެ ކަމަށް ވިދާޅުވި. އެ ދެ މިލިއަން ރުފިޔާ ވެސް އަޅުގަނޑު މެންނަށް އަދި ނުދެއްވާ . އެހެންވީމަ އެ ފައިސާ ވެސް ހަމަޖައްސައި ދެއްވާ ވާހަކަ ނުވަތަ ދެއްވި ކަމަށް ވިދާޅުވި ކަން އެއީ ހަގީގަތާ ހިލާފު ވާހަކަ އެއް" މުއިއްޒު ވިދާޅުވި އެވެ .
މުއިއްޒު ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުންނަވައިން އެގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދެއްކުމަކީ ކައުންސިލް އިން ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން އެކަމަށް 10 މިލިއަން ރުފިޔާ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް ގާތްގަނޑަކަށް 14 މިލިއަން ހަރަދު ކުރަން ޖެހޭނެ ކަމުގައި އަންދާޒާ ކުރައްވާފައި ވެއެވެ.
މި ހަފްތާ ބަންދާއި ދިމާކޮށް، ދެ ދުވަހަކަށް ބަހާލައިގެން، އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަށް ޖުމްލަ 744713.90 ރުފިޔާ ލިބިފައިވާ ކަން އެ ކައުންސިލުން ބުންޏެވެ. ހުކުރު ދުވަހު އެކަނިވެސް ތިން ލައްކަ ރުފިޔާ ލިބިފައިވާކަން ފާހަަގަކުރެވެއވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
