މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން މަދުވީ ސިޓީ ކައުންސިލްގެ މަސައްކަތުން : މުއިއްޒު

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން މަދުވީ ސިޓީ ކައުންސިލްގެ މަސައްކަތުން : މުއިއްޒު
ލިޔުން:
މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާ، ނިދާފަތިބުމާ، ގަދަރުކުޑަވާ ފަދަ އަމަލު ހިންގުން މަދުވީ މާލެ ސިޓީ ކައުންސިލުގެ މަސައްކަތުން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިސްކިތްތަކުގައި ނޭދެވޭ އަމަލުތައް ހިންގުމުގެ ޝަކުވާ ، ކޮވިޑަށް ފަހު މަދުވެފައިވާ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު މަޖްލީހުގައި ވިދާޅުވެފައިވާތީ މިނިސްޓަރުގެ އެ ވާހަކައަށް އިޝާރާތްކުރައްވައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ އެހުރިހާ ކަމެއް ހައްލުވީ މާލެ ސިޓީ ކައުންސިލުގެ މިދައުރުގެ މަސައްކަތުން ކަމަށެވެ.
" މައްސަލަތައް ހައްލުވެފައިވަނީ ، ސިޓީ ކައުންސިލްއިން ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް ސައުވީސް ގަޑި އިރު މޮނީޓާ ކުރަތީ " މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނީޓަރިން އަދި އެހެން ގޮތްގޮތުން އެފަދަ ކަމެއްގެ ރިޕޯޓެއް ވެއްޖެ ނަމަ ސިޓީ ކައުންސިލްގެ ޕޮލިސް ކޮންސްޓަބިއުލަރީ އިން ވަގުތުން އެޓެންޑްވެ މައްސަލަ ބަލާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދުން ފަދަ ކަންތައްތައް ކުރާ ކަމަށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ފާހަގަ ކުރެވުނު ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން އެފަަދަ ޝަކުވާއެއް ނާންނަ ކަމަށެވެ.
"އެކަމަކު މަދުމަދުން ނަމަވެސް، ދެބުރިއަށް ހެދި ހުންނަ ތަންތަނުގައި ، މީހުން ނިދާ ކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި އެފަދަ ކަންތައްތައް ހިނގިޔަ ނުދޭން ސިޓީކައުންސިލާއި އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން މަައްކަތް ކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
