މާލެ: 31°C

މިސްކިތްތަކުގެ މަރާމާތަށް ފުރަތަމަ ދުވަހުން 3 ލައްކަ!

January 7, 2023
2 ފަހަރު ބަލާފައި
މިސްކިތްތަކުގެ މަރާމާތަށް ފުރަތަމަ ދުވަހުން 3 ލައްކަ!
މިސްކިތްތަކުގެ މަރާމާތަށް ފުރަތަމަ ދުވަހުން 3 ލައްކަ!
މާލޭގެ މިސްކިތްތައް މަރާމާތުކުރަން ފައިސާ ހޯދުަން މާލެ ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ " ޗާލު މިސްކިތް" އިވެންޓް ގެ ފުރަތަމަ ދުވަހު ވެސް ތިން ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އެކައުންސިލުން ބުނެފި އެވެ. މާލޭ ސިޓީކައުންސިލުގެ އޮފިޝަލަކު މީޑިއާއަތަކަށް މިއަދު ވިދާޅުވީ އިއްޔެ ފެށި އެ އިވެންޓުން ޖުމްލަ 313,397.90 ރުފިޔާ ލިބިފައިވާ ކަމަށެވެ. [embed]https://minivan.mv/77186/[/embed] މާލެ ސިޓީ ކައުންސިލުން މިއަދު އާނމު ކުރި މައުލޫމާތުގަ ވާގޮތުން މާލޭގެ 26 މިސްކިތްތައް މަރާމާތު ކުރަން އެ ކައުންސިލަށް (ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ ދެހާސް އެއްސަތޭކަ ހަތްދިހަ ދެ ރުފިޔާ ) 9،972،172.00 ރުފިޔާ ބޭނުން ވެ އެވެ. އެ އެކައުންސިލުން މި މައުލޫމާތު އާއްމުކުރީ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދަން ހިންގާ ހާއްސަ ހަރަކާތްތަކެއް ފެށުމަށް ފަހުގަ އެވެ. އިވެންޓުގެ ތެރެއިން ފައިސާ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ފަންޑު ފޮށިތަކުގެ އިތުރުން އޮންލައިން ޓްރާންސްފާ އަދި ސިޓީ ކައުންސިލްގެ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެއެވެ.   ޗާލު މިސްކިތް އިވެންޓަށް އިއްޔެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެ ހަރަކާތް މިއަދު ވެސް ކުރިއަށް ގެންދާނެ އެވެ.  ސިޓީ ކައުންސިލުން ބުނިގޮތުގައި މިއަދު ކުރިއަށް ގެންދާ  ހަރަކާތްތައް ހާއްސަ ކުރެވިފައި ވަނީ ކުޑަކުދިންނަށެވެ.   އާޓިފިޝަލް ބީޗުގައި "ޗާލު މިސްކިތް" އިވެންޓް  ފަށަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ބަޖެޓުގެ ގޮތުގައި ކައުންސިލަށް ދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށްވާއިރު މާލޭގެ މިސްކިއްތައް މަރާމާތު ކުރުމަށް އިތުރު ފައިސާ ބޭނުންވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މިކަމުގައި ސަރުކާރާއި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ