މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، ނިދާކަމުގެ ޝަކުވާއެއް މިހާރު ނުލިބޭ: މިނިސްޓަރު

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، ނިދާކަމުގެ ޝަކުވާއެއް މިހާރު ނުލިބޭ: މިނިސްޓަރު
ލިޔުން:
މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކޮށް އަދި މިސްކިތްތަކުގައި މީހުން ނިދުމުގެ ޝަކުވާއެއް މިހާރު ނުލިބޭކަމަށް އިސްލާމިކް މިނިސްޓާރ ޑރ. އަހުމަދު ޒާހިރު ވިދާލުވެއްޖެއެވެ.
މިނިސްޓާރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓާރ ޒާހިރު ވިދާޅުވީ ކޯވިޑްގެ ދުވަސްވަރުގައި މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި އަދި އެތަކެތީގެ ވިޔަފާރީ ކުރުން އިތުރު ފެފައިވާކަން އެމިނިސްޓްރީއަށް ފާހަގަ ވެފައިވާކަމަށެވެ. ނަމަވެސް މިހާރު އެކަހަލަ ކަމެއް އެމިނިސްޓްރީއަށް ފާހަގަ ނުވާކަމަށް މިނިސްޓާރ ވިދާޅުވިއެވެ.
"ހާއްސަކޮށް ކޮވިޑް ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވި، ބައެއް މީހުން މިސްކިތްތަކުގެ ތެރޭގައި ނިދާ އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް. ދެން އޭގެ ފަހުން އަޅުގަނޑުމެންނަކަށެއް ނެތް، މަސްތުވާތަކެތި މިސްކިތުގައި ބޭނުންކުރާ ކަމަށާއި އަދި މިސްކިތުގައި ނިދާ ކަމަކަށް ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓާރ ޒާހިރު ވިދާޅުވީ މަދުމަދުން ނަމަވެސް ދެބުރިއަށް ހެދިފައިވާ މިސްކިތްތަކުގައި މީހުން ނިދާކަމުގެ މައުލޫމާތު ލިބޭކަމަށާއި އަދި އެގޮތަށް މައުލޫމާތު ލިބުމުން މާލޭ ސިޓީކައުންސިލާއި އަދި ފުލުހުންނާއި ވާހަކަ ދައްކައިގެން އެކަމަށް ފިޔަވަޅު އަޅާކަމަށެވެ.
އިސްލާމިކް މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވުމުން މާލޭގެ މޭޔަރު މިއަދު ޑރ.މުހައްމަދު މުއިއްޒު މާލޭ ސިޓީކައުންސިލްގެ މީޑިއާގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތައްތައް ހުއްޓުނީ އެކައުންސިލުގެ މަސައްކަތުން ކަމަށެވެ.
" މައްސަލަތައް ހައްލުވެފައިވަނީ ، ސިޓީ ކައުންސިލްއިން ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް ސައުވީސް ގަޑި އިރު މޮނީޓާ ކުރަތީ " މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނީޓަރިން އަދި އެހެން ގޮތްގޮތުން އެފަދަ ކަމެއްގެ ރިޕޯޓެއް ވެއްޖެ ނަމަ ސިޓީ ކައުންސިލްގެ ޕޮލިސް ކޮންސްޓަބިއުލަރީ އިން ވަގުތުން އެޓެންޑްވެ މައްސަލަ ބަލާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
