މާލެ: 31°C

މިސަރަހައްދުން މިއަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު: ވޯލްޑްބޭންކް

January 12, 2023
2 ފަހަރު ބަލާފައި
މިސަރަހައްދުން މިއަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު: ވޯލްޑްބޭންކް
މިސަރަހައްދުން މިއަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު: ވޯލްޑްބޭންކް
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބާރަށް ކުރިއަރާނީ ދިވެހިރާއްޖޭގެ އިގުތިސާދު ކަމަށް ވޯލްޑްބޭންކުން ލަފާކޮށްފި އެވެ. ވޯލްޑްބޭންކުން އިއްޔެ ޝާއިއުކުރި "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް" ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގުތިސާދު މިއަހަރު ކުރިއަރާނީ 8.2 ޕަސެންޓުންނެވެ. އެއީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް މިންވަރެއް ކަމަށާއި އެހެން ނަމަވެސް މި ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރާ އިގުތިސާދުގެ ގޮތުގައި ރާއްޖޭގެ އިގުތިސާދު ދެމި އޮންނާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ. "ދިވެހިރާއްޖޭގައި 2023 ވަނަ އަހަރު އިގުތިސާދު މެދުމިނަކަށް، 8.2 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާ ކުރެވެ އެވެ. މިއީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް މިންވަރެކެވެ. އެއީ ޕްރީ ޕެންޑެމިކް ބޫސްޓް ފަނޑުވަމުންދާތީ އެވެ. އެކަން އެހެން އޮތުމާއި އެކުގައި ވެސް މި ސަރަަހައްދުގައި އެންމެ ބާރަށް ކުރިއަރާ އިގުތިސާދުގެ ގޮތުގައި ދިވެހިރާއްޖޭގެ އިގުތިސާދު ދެމިއޮންނާނެ އެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓުގައި ބުންޏެވެ. ރާއްޖޭގެ އިގުތިސާދު އެގޮތުގައި ދެމި އޮންނާނީ ވޯލްޑްބޭންކުން ބުނި ގޮތުގައި ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާއި އިންފްރާސްޓްރަކްޗާއަށް ކުރާ އިންވެސްޓްމެންޓްތަކުގެ ސަބަބުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ޖީޑީޕީ، ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް އިއާދަވަމުން އަންނަނީ ކުރިން ލަފާކުރި ވަރަސް ވުރެ އަވަހަށެވެ. އެގޮތުން ރާއްޖޭގެ ޖީޑީޕީ މިއަހަރު 12 ޕަސެންޓުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އިޕޯޓުގައި ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ