ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫއުތައް މިއަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ މިދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ހައްގުން މަހްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނުހުންނާނެކަން ޔަގީންކުރުން ކަމަށެވެ. މާލެ ސަރަހައްދުގައި ގުޅިފަޅާ ގިރާވަރުފަޅުން ހިއްކަން ކުރީން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑަށް ހިއްކާ ރަސްމާލެ މަޝްރޫއާ އެކު ބޯހިޔާވަހިކަމަަށް ހައްލު ގެންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ގޯތި ލިބޭނެކަމުގެ ލިޔުމެއް ކުރީން ލިބިފައި އޮތް ހަމަ ކޮންމެ ރައްޔިތެއްގެ ހައްގު ލިއްބައިދޭނެ ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވެ އެންމެ ފުރަތަމަ ނިންމި ކަންކަމުގެ ތެރޭގައި އަތޮޅުތަކާ ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ވާނީ ކުޑަކޮށްދީފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް އިތުރަށް ވިދާޅުވީ ގައުމު އާބާދުކޮށް ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއް އޮތް ކަމަކަށް ހެދުމަށްޓަކައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މިއަހަރު އެކުލަވާލާނެ ކަމަށެވެ."މިއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގޯތިގެދޮރާ އަމިއްލަ ހިޔާވަހިކަން އެކަމަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ހައްގެއް. އަދި އަސާސީ ހައްގެއްވެސްމެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް އަޅުގަނޑު ދެންނެވި ފަދައިން ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހައްލުކޮށް ދިނުމަށް،" ރައީސް ވިދާޅުވި އެވެ.

މިނިވަން ކަމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ބޯހިޔާވަހިކަމަށް: ރިޔާސީ ބަޔާން
މިނިވަން ކަމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ބޯހިޔާވަހިކަމަށް: ރިޔާސީ ބަޔާން
ލިޔުން:
ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށް ދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ހައްލުކުރަން އެމަނިކުފާނު ވައުދުވެފައިވާ ހުރިހާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުންގެ އިހްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރު މައްސަލަކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
