މާލެ: 31°C
މިނިވަން ދުވަހު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދު ކުރަނީ

މިނިވަން ދުވަހު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދު ކުރަނީ

July 25, 2023
2 ފަހަރު ބަލާފައި
މިނިވަން ދުވަހު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދު ކުރަނީ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދު ކުރުމަށް ފުލުހުން ނިންމައިފި އެވެ. ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޖުލައި 26 ވަނަ ދުވަހުގެ ފަތިހު 5:00 އިން ފެށިގެން 6:30 ވަންދެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު އާންމު ދަތުރު ފަތުރަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަންދު ކުރާނީ ޖުމްހޫރީ މައިދާން ސަރަހައްދުން ބޮޑުތަކުރުފާނު މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިން ފެށިގެން ރައީސް އޮފީސް ޕާކިން އާއި ހަމައަށެވެ. އަދި އަމީރު އަހުމަދު މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތިން ފެށިގެން ބަންޑާރަ ކޮއްޓާއި ހަމައަށް އަމީރު އަހުމަދު މަގުވެސް ބަންދުވާނެ އެވެ. މީގެ އިތުރުން ޖުމްހޫރީ ހިނގުންވެސް ބަންދު ވާނެ އެވެ. ޖުމްހޫރީ މައިދާން ވަށައިގެން ޕާކްކޮށްފައިވާ އުޅަނދުތައް ހުސްކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ