މާލެ: 31°C

މިނިވަންވީފަހުން ފުރަތަމަ ފަހަރަށް އެހެންގައުމެއްގެ ދިދަ، މިނިވަންދުވަހު ރާއްޖޭގެ މަގުތަކުގައި ވިހުރެނެނީ

July 26, 2025
437 ފަހަރު ބަލާފައި
މިނިވަންވީފަހުން ފުރަތަމަ ފަހަރަށް އެހެންގައުމެއްގެ ދިދަ، މިނިވަންދުވަހު ރާއްޖޭގެ މަގުތަކުގައި ވިހުރެނެނީ
ރާއްޖެ މިވަންވީ ފަހުން ފުރަތަމަ ފަހަރަށް، ރާއްޖޭގެ މިނިވަންދުވަހު އެހެންގައުމެއްގެ ދިދަ މަގުތަކުގައި ވިހުރެނެނީ

ރާއްޖެ މިވަންވީ ފަހުން ފުރަތަމަ ފަހަރަށް، ރާއްޖޭގެ މިނިވަންދުވަހު އެހެންގައުމެއްގެ ދިދަ މަގުތަކުގައި ވިހުރެނެނީ

ގައުމެއްގެ ހައިސިއްޔަތުން މިނިވަންކަމުގެ ރަމްޒަކީ ކޮބައިތޯ އެވެ. ޝައްކެއްވެސް ނެތެވެ، ގައުމީ ދިދައެވެ. ގައުމު ރަމްޒުކޮށްދެނީ ދިދައެވެ. ދިދަ ރަމްޒުކޮށްދެނީ ގައުމުގެ މިނިވަން ކަމެވެ.

މިއީ ގައުމިއްޔަތުގެ އަސާސެވެ. އާދެ ދިވެހި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް އޮތުން ނިމުމަކަށް އައީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް އިނގިރޭސިން ކަނޑައެޅި ހިނދުން ފެށިގެންނެވެ.

އެ ހިނދުން ފެށިގެން ދިވެހިންގެ ގައުމީ ދިދައިގެ މައްޗަށް އަމުރު މައުރޫފު ހިންގާނެ ދޭސީ އެއްވެސް ބާރެއް ނުފޫޒެއް މިއަދާ ހަމައަށްވެސް އައިސްފައެއް ނުވެއެވެ.

އަދި 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 59 ފަހަރު މިނިވަންދުވަސް ފާހަގަކުރި އިރު ރާއްޖޭގެ މިނިވަންކަން އިހްތިފަލުކުރުމަށް އެހެން ގައުމެއްގެ ދިދަ ބޭނުންކޮށްފައެއް ނުވެއެވެ.

ނަމަވެސް 60 ވަނަ ފަހަރު އަޅުގަނޑުމެން ދިވެހިން މިނިވަންކަން މިއަދު މި އިހްތިފާލް ކުރަނީ އެހެންގައުމެއްގެ ދިދަ މަގުތަކުގައްޔާއި މައިދާން ތަކުގައި ނަގައިގެންނެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ހިންގުމާ ހަވާލުވި ސަރުކާރުން ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ ދިވެހި ދިދައަށް ދެއްވި ޔަގީން ކަމެވެ. ރަސްމިއްޔާތުގައި ތިބި ދިވެހި ރައްޔިތުންނަށް ފުރަގަސްދިނުމަށްފަހު ޖުމްހުރީ މައިދާނުގައި ހުރި ބޮޑު ދިދަޔާ މުހާތަބްކޮށް އެދިދައަށް ދެއްވި ޔަގީން ކަމަކީ އެ ދިދައަށް ކުޑައިމީސް ވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީން ކަމެވެ.

އެހެންތޯއެވެ. މިއަދަކީ އެ ދިދައިގެ ދުވަހެވެ. އާދެ މިނިވަން ދުވަހެވެ. މިއަދަކީ އެ ދިދަ އަށް ހާއްސަ ދުވަހެވެ. ނަމަވެސް މަގުތަކުންނާއި މައިދާން ތަކުން މިއަދު އެފެންނަނީ އެދިދައިގެ ދުވަހު އެހެން ގައުމެއްގެ ދިދަ، އެ ދިދަ އާއި އެއް ހަމައެއްގައި ވިހުރޭ ތަނެވެ.

ހަމަ ގައިމުވެސް ދިދަ އަކީ އިންސާނުން ފަދައިން އިހްސާސް ތަކާއި ހިއްސުތައް ހުންނަ އެއްޗެއްޗެއް ނަމަ ސަރުކާރާ ހަވާލުވި ދުވަހު އެ ދިދައާއި މުހާތަބުކޮށް ދެއްވި ޔަގީންކަމަކީ، ހަމަ ބުހުތާނު ދޮގުކަމަށް މިއަދު އެ ދިދަ ބުނާނެއެވެ. އަދި އެދިދަ މިއަދު ކަރުނައަޅާ ރޯންވެސް ރޯނެއެވެ.

އެދިދަދައަށް ހާއްސަ ދުވަހު އެ ދިދައާއި އެއް ހަމައެއްގައި އެހެންގައުމެއްގެ ދިދަ ވިހުރެން ހަމަ ގައިމުވެސް ބޭނުމެއް ނުވާނެ ތާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ