މާލެ: 31°C
މިނިސްޓްރީތަކާއި ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

މިނިސްޓްރީތަކާއި ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

March 5, 2024
2 ފަހަރު ބަލާފައި
މިނިސްޓްރީތަކާއި ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

ސަރުކާރުން އެކުލަވާލާ މިނިސްޓްރީތަކުގެ އަދަދާއި ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. މެމްބަރު އީވާ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސަށް ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މިނިސްޓްރީތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަސް ތެރޭގައި އެ މިނިސްޓްރީތަކުގެ މަސައްކަތަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް މަޖިލީހަށް ހުށަހަޅުއްވާ ފާސް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މިހާރުގެ ސަރުކާރަކީ ޕާޓި ސިސްޓަމް އައިފަހުން މިހާތަނަށް އެންމެ ގިނަ މިނިސްޓަރުން ތިއްބެވި ސަރުކާރެވެ. މިސަރުކާރުގައި 22 މިނިސްޓަަރުން ތިއްބެވިއިރު އެކަމާ އިދިކޮޅު ފަރާތްތަކުން ދަނީފާޑުކިޔަމުންނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ