އަދި ހަމަ ސުކޫލުތަކުން ފުރުސަތު ދީފައި ހުރީ ކުރިންވެސް ފުރުސަތު ދޭ ގޮތައް، އެ ވިދާޅުވި ފުރުސަތު ސުކޫލުތަކުން ދިންތޯ އެބަޖެހޭ ސާފުކުރަން ހަމަ ގައިމުވެސް އެއްވެސް ސުކޫލަކުން މީގެ ކުރިން ފުރުސަތު ދިން ގޮތާ ޚިލާފަށް އެއްވެސް ކުއްޖަކަށް ފުރުސަތު އަދި ދީފައެއް ނެތް.އެ ޕްރޮގަރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން އިޙްސާނު ވިދާޅުވީ މިނިސްޓަރ އެކަން އިޢުލާނުކުރެއްވީ އެކަން ކުރާނެ ގޮތުގެ އއްވެސް ޕްލޭނެއް ނެތި ކަމަށާއި، އެކަން ކުރުމަށް އެއްވެސް ވަރަކަށް ތައްޔާރު ނުވެކަމަށެވެ. އިޙްސާނު ވިދާޅުވި ގޮތުގައި 18 އަހަރުވަންދެން ޔުނިވާސަލް ތައުލީމެއް ދޭންޖެހޭ ކަމަށާއި، ކުދިން 18 އަހަރުވަންދެން ކޮންމެވެސް ސުޚލެއްގެ ނުވަތަ މުވައްސަސާއެއްގެ ދަށުގައި ގެންގުޅެ އުފެއްދުންތެރި ވިސްނުމާއި ހުނަރު ދަސްކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމަށް ރަނގަޅު ހަރުދަނާ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށެވެ. ހަމަ ހުރެފައި ޕޯޑިއަމަކަށް އަރާފައި އޯލެވެލް އެއްވެސް މާއްދާއަކުން ފާސްނުވާ ކުދިންނަށްވެސް އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު ދޭނަމޭ ވިދާޅުވިޔަސް އެކަމެއް އެހެން ނުކުރެވޭނެ ކަމަށާއި އެޑެކްސެލް އިންވެސް ވަކި ސްޓޭންޑަޑް ތަކެއް ހިހައްޓާކަމަށާއި، އެހެންކަމުން އެފަދަ ކުދިން ބާކީ ނުކޮށް ކުރިއަށްދިއުމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި އެކަންކަން ކުރެވޭނެ އިންފްރާސްޓްރަކްޗާރ އާއި އިންސާނީ ވަސީލަތް ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. އިޙްސާނު އިތުރަށް ވިދާޅުވީ އޭލެވެލް އަކީ ވަރަށް އިންޓެންސް ކޮށް ކިޔަވަންޖެހޭ އެއްޗެއް ކަމަށާއި އޭލެވެލް އަކީ އޯލެވެލްއާއި ޔުނިވާސިޓީ ތައުޅީމާ ދެމެދު އޮންނަ ބުރިޖެއް ކަމަށާއި އެ ބުރިޖަށް އެރުމުގެ ލައިސަންސް ލިބެނީ އޯލެވެލްގެ ނަތީޖާއިން ކަމަށެވެ. އެޑެކްސެލް އޭލެވެލް އަކީވެސް ވަކި ކުރައިޓީރިއާތަކެއް ކަނޑައަޅައިގެން ވަކި ސްޓޭންޑަރޑް ތަކެއްގެ މަތީ އެސްޓަބްލިޝް ކޮށްގެން ކިޔަވައިދޭ އޮނިގަނޑެއް ކަމަށާއި އްޖެއިން ބޭނުން ވިނަމަވެސް އެ ކުރައިޓީރިއާ ތަކަށް ބަދަލުގެނެސް އެ ފަރާތުގެ ސްޓޭންޑަރޑޮ އަށް ބަދަލެއް ގެނެސްފާނެތޯ އިޙްސާން ވަނީ ސްވާލު ކުރައްވާފައެވެ. މިއަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހު އޮތް ސީއެޗްއެސްއީ ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެފައިވަނީ ކޮންމެ އަހަރަކުވެސް އެތަށް ހާސް ދަރިވަރުން ތަޢުލީމު ހާޞިލުކުރާއިރު، މަތީ ފެންވަރުގެ ޔުނިވަރސިޓީތަކަށް ވަދެވޭ މިންވަރަށް 2500 އެއްހާ ދަރިވަރުން ފާސްނުކުރެވޭ ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށް، އޭލެވެލް ނިންމާ ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއްކަމަށާއި، އެގޮތުން ރައީސްއާ ވެސް ޝްވަރާކުރެއްވުމަށްފަހު ނިންމާފައިވަނީ 2 މާއްދާއިން ފާސްވިޔަސް އޭލެވެލް ކިޔެވުމުގެ ފުރުޞަތު ދޭންކަމަށާއި، އަދި ސްކޫލުގައި ޖާގަހުރި ނަމަ، އެންމެ މާއްދާއަކުން ފާސްވިޔަސް އެޑެކްސެލް އޭލެވެލް އަށްކިޔެވުމުގެ ފުރުޞަތު އެ ދަރިވަރަކަށް އިރާދަކުރެއްވިއްޔާ ފަހިކޮށްދޭން ނިންމާފައިވާކަމަށެވެ.
އެނިންމުމުގެ ދަށުން އަންނަ ސެޕްޓެންބަރު 23 ސުކޫލަކުން އޭލެވެލް އަށް ފުރުސަތު ހުޅުވާލާނެ ކަމަށާއި އެ 23 ސްކޫލުން ލިބޭ ނަތީޖާގެ މައްޗަށް ބުރަވެ، އިތުރު ސްކޫލުތަކުގައި މި ޕްރޮޖެކްޓް ފުޅާކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.







