- މަތީ އަގު ލިބޭ މާކެޓްތަކަށް ރާއްޖޭގެ މަސް ވިއްކަން ފުރުސަތު ކުޑަވުން
- ބޭރުގެ ބާޒާރުތަކުގައި، ހާއްސަކޮށް މަތީ އަގު ލިބޭ ބާޒާރުތަކުގައި ރާއްޖޭގެ މަަހަށް ނަގާ ޑިއުޓީ ބޮޑުވުން
- ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖޭން ބޭރަށް މަސް އުފުލުމުގެ އަގު (ފްރައިޓް) ބޮޑުވެފގައިވުން
- ތެލުގެ އަގުބޮޑުވުމާއި މަސްވެރިކަމުގައި ތެޔޮ ބޭނުންކުރާ މިންވަރު އިތުރުވެ، މަސްވެރިކަމަށް ކުރަން ޖެހޭ ހަރަދުބޮޑުވުން
- މަހުގެ ކޮލިޓީ އަދިވެސް ދަށްކަމުން ކޮލިޓީ ރަނގަޅުކުރަން ހާއްްސަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވުން
- ބާނާ މަހުގެ ބޮޑުބައެއް، މަތީ އަގު ލިބޭ އުފެއްދުންތަކަށް ބަދަލުނުކޮށް ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުން
- ދެމެހެއްޓެނިވި ގޮތަކަށް ކުރާ މަސްވެރިކަމަކުން ބާނާ މަހަށް ވާތީ ރާއްޖޭގެ މަހަށް ލިބޭ ޕްރިމިއަމް ގެއްލުން.

މިނިސްޓަރު ވިދާޅުވެދެއްވީ މަހަށް ރަނގަޅު އަގު ނުލިބޭ ގިނަ ސަބަބުތަކެއް!
މިނިސްޓަރު ވިދާޅުވެދެއްވީ މަހަށް ރަނގަޅު އަގު ނުލިބޭ ގިނަ ސަބަބުތަކެއް!
ލިޔުން:
ރާއްޖޭގެ މަސްވެރިން ބާނާ ކަނޑުމަހަށް ބައިނަލް އަގުވާމީ ބާޒާރުތަކުގައި ރަނގަޅު އަގު ނުލިބޭ ގިނަ ސަބަބުތަކެއް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ހާމަކުރައްވައިފި އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިންގެ ފޯރަމް ފަރެސްމާތޮޑާގައި ދެ ދުވަސް ބައިގެ މުއްދަަތަކަށް ކުރިއަށް ގެންދިޔަ އިރު "ދައްކަން ދަތި، އެހެން ނަމަވެސް ދައްކަން ޖެހޭ" އެތައް ވާހަކައެއް ސަރުކާރުގެ ފަރާތުން ދައްކާފައިވާނެ ކަަމަށެވެ. އެ ފޯރަމްގައި ދެއްކި އެއް ވާހަކައަކީ އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ އެވެ.
މަހަށް ހަމަ އަގު ނުލިބޭ ބައެއް ސަބަބުތައް
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
