
މިނިސްޓަރ ޝާހިދު އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލް ކުރައްވައިފި
މިނިސްޓަރ ޝާހިދު އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލް ކުރައްވައިފި
ލިޔުން:
ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމަނަޔަމް ޖަޔަޝަންކަރާ މިއަދު ބައްދަލް ކުރައްވައިފި އެވެ.
އެ ބައްދަލްވުން އޮތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ގައެވެ. މިބައްދަލްކުރެއްވުމުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުންމާއި އިންޑިއާއިން ރާއްޖެއަށް ދެއްމުން ގެންދަވާ އެހީއަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ދެގައުމުން ވީހާ ގިނައިން މަޝްވަރާތައް ބެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ސަރުކާރަށް ޝުކުރު އަދާކުރައްވާ، ދެގައުމަގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ ހިލޭއެހީ އާއި އަދި ލައިން އޮފް ކްރެޑިޓް އިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ ޖަޔަޝަންކަރު ވަނީ ދެޤައުމުން ވެސް ދެޤައުމުގެ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ދެޤައުމަށް މުހިއްމު ކަންކަމުގައި އެއް ޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.
މިނިސްޓަރ ޝާހިދު މިހާރު ގެންދަވަނީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމުކުރާ 8 ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އިންޑިއާއަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
