މާލެ: 31°C

ހައިދަރަށް ލިބުނު ފްލެޓް ދޫކޮށްލައްވައިފި

February 27, 2025
196 ފަހަރު ބަލާފައި
ހައިދަރަށް ލިބުނު ފްލެޓް ދޫކޮށްލައްވައިފި
މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު، އަދި މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ހައިދަރުގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ފްލެޓް އޭނާ ދޫކޮށްލައްވައިފި އެވެ.

މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު، އަދި މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ހައިދަރުގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ފްލެޓް އޭނާ ދޫކޮށްލައްވައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ހައިދަރު ސޮއިކުރައްވާފައިވާ ބަޔާނެއް ވަނީ ޕޯސްޓްކޮށްފަ އެވެ. އެ ބަޔާނުގައި ލިޔުއްވާފައިވަނީ މި ވަގުތު ހުންނެވި ހައިސިއްޔަތުގެ ސަބަބުން އެ ފްލެޓް ލިބިގަތުމަށް އުޒުރުވެރިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ދެމަފިރިންނަށް ވުރެ މި ސްކީމުން ފްލެޓެއް ހައްގުވާ އެތައް އާއިލާއެއް ތިބޭނެ އެވެ. ވީމާ، މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްތުކުރާ ވާހަކަ ނުހަނު އިހުތިރާމާއެކު ދެންނެވީމެވެ،" މިނިސްޓަރު ހައިދަރުގެ ބަޔާނުގައިވެ އެވެ.

މިނިސްޓަރު ހައިދަރުގެ ދެކަނބަލުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅީ ކުރީގެ ސަރުކާރުންނެވެ.

ކުރީގެ ސަރުކާރުގައި 8،000އަށް ވުރެ ގިނަ މީހުނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިރުޝާދުތަކާއެކު އަލުން ލިސްޓް އިވެލުއޭޓްކޮށް ޝަރުތު ހަމަވަނީ އޭގެ ތެރެއިން އެންމެ 1،800އެއްހާ މީހުނަށް ކަމަށް މިއަދު ހައުސިން މިނިސްޓްރީން އިއުލާންކޮށް އާ ލިސްޓު ގެޒެޓްކުރި އެވެ. އެ ލިސްޓުގައި ހައިދަރުގެ ދެ ކަނބަލުންގެ ނަން އޮތެވެ.

އެތައް ބަޔަކު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް ހައިދަރަށް ފްލެޓް ލިބިވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން ގެންދަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ