
މިހިރީ ރައީސް އަރިހުގައި، އެއީ ހިޔާލު ތަފާތުވާ މީހުންނާ އެކު މަސައްކަތް ކުރެއްވޭނެ ލީޑަރެއް: އަސްލަމް
މިހިރީ ރައީސް އަރިހުގައި، އެއީ ހިޔާލު ތަފާތުވާ މީހުންނާ އެކު މަސައްކަތް ކުރެއްވޭނެ ލީޑަރެއް: އަސްލަމް
ލިޔުން:
އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަަޅާ ރިޔާސީ ޕްރައިމަރީއަށް ކުރަމުން އަންނަ ކެމްޕޭނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ހާމަކުރައްވައިފި އެވެ.
ރައީސަށް ތާއީދުކުރައްވާކަން ހާމަކުރައްވަން މިއަދު ކުރެއްވި ޓްވީޓެއްގައި އަސްލަމް ވިދާޅުވީ "ރައީސް އިބޫ އަކީ ރައްޔިތުންނަށް ޓަކައި [މަސައްކަތްކުރައްްވާ] ލީޑަރެއް" ކަމަށެވެ. އެމަނިކުފާނަކީ އިންތިހާބެއް ކާމިޔާބުކުރެއްވޭ ފަދަ ލީޑަރެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
[embed]https://twitter.com/AslamAslamtey/status/1607269018926460928?s=20&t=mAJCM5unDPM1SGEvCrhMcg[/embed]
"އެއީ ސިޔާސީ ގޮތުން ތަފާތު ހިޔާލުގެ މީހުންނާ އެކު މަސައްކަތް ކުރެއްވޭނެ ލީޑަރެއް، މަޑުމައިތިރި ލީޑަރެއް، ގައުމަށް ޓަކައި ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް، އިބޫ އަކީ އިންތިހާބުވާނެ ފަދަ ލީޑަރެއް. އަޅުގަނޑު މިހިރީ އެމަނިކުފާނުގެ އަރިހުގައި،" ޓްވީޓުގައި އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ މުހުލަތު މިދިޔަ ހޮނިހިރު ދުވަހު ހަމަވި އިރު، އެ އިންތިހާބަށް ކުރިމަތިލައްވާފައި ވަނީ ރައީސް އިބްރާހީމް މުަހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދެބޭފުޅުންނަށް ތާއީދު ހޯދަން ދެ ބޭފުޅުންގެ ސަޕޯޓަރުން ވެސް އަންނަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަކީ ކުރިން ރައީސް މުހައްމަދު ނަޝީދާ ވަރަށް ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ. ނަޝީދުގެ ރައީސްކަމުގައި ވެސް އަސްލަމް ހުންނެވީ ހައުސިން މިނިސްޓަރަކަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
