
މިހާރު ކުރިއަށްދަނީ އިންޑިއާ ސިފައިންގެ އެންމެ ފަހު ފައުޖު ބޭލުމުގެ މަސައްކަތް: ރައީސް
މިހާރު ކުރިއަށްދަނީ އިންޑިއާ ސިފައިންގެ އެންމެ ފަހު ފައުޖު ބޭލުމުގެ މަސައްކަތް: ރައީސް
ލިޔުން:
މިހާރު ކުރިއަށްދަނީ އިންޑިއާ ސިފައިންގެ އެންމެ ފަހު ފައުޖު ބޭލުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ލެމްޕެއިން ދުވަސްވަރު ވައުދުވިގޮތަށް އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.
ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ފައުޖު ބޭލުމުގެ މަސައްކަތްކަމަށާއި، 9 އޭޕްރިލްގައި އިންޑިއާ ސިފައިންގެ ދެވަނަ ފައުޖު ރާއްޖެއިން ފޮނުވާލާފައިވާކަމަށެވެ. އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ، އެގައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މިގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ފައުޖު ބާލާފައިވަނީ މާރޗްމަހުގެ ދެވަނަ ހަފްތާގެ ތެރޭގައެވެ. ސަރުކާރުން ކުރިން ބުނެފައިވާގޮތުން އިންޑިއާ ސިފައިންގެ އެންމެ ފަހު ގްރޫޕް އަންނަ މެއިމަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފުރާނެއެވެ.
އިންޑިއާއާއި ރާއްޖޭއާ ދެމެދު ކުރިއަށްދިޔަ ސިލްސިލާ ހައި ލެވެލް ކޯ ގުރޫޕުގެ ބައްދަލުވުންތަކަށް ފަހު ނިންމާފައިވަނީ ރާއްޖޭގައި ތިބި ޔުނީފޯމް އެޅި އިންޑިއާ ސިފައިން ފޮނުވާލުމަށެވެ. ނަމަވެސް ހެލިކޮޕްޓަރު އޮޕަރޭޓްކުރުން ފަދަ ކަންކަމުގައި އިންޑިއާގެ ސިވިލިއަނުންކަމަށް އެގައުމުން ވަނީ ބުނެފައެވެ.
އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އެގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ގްރޫޕް ވަނީ މިދިޔަ ފެބުރުއަރީމަހުގެ ތެރޭގައި ރާއްޖެ އައިސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްކޮށް ބާލައި ނިމޭއިރު، މިއީ ދިވެހިންނަށް ލިބޭނޭ ވަރަށްބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ދިވެހިން އެދުނު ގޮތްކަމަށާއި، ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމްވެ ތިބުމަކީ ދިވެހިން އެދޭގޮތް ނޫންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އެގައުމުން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވުމަށާއި އެނޫންވެސް ޓެކްނިކަލް މަސައްކަތްތައް ކުރުމުގެ ބޭނުމަށްކަމަށް ކުރީ ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
