މާލެ: 31°C

މިހާރު ހުރި އުސޫލުތަކާ އެކު ރަށްތައް ދޫކުރަންޏާ އަނެއްކާވެސް ގަލު އަޅައިފާނެ: ނަޝީދު

February 14, 2023
2 ފަހަރު ބަލާފައި
މިހާރު ހުރި އުސޫލުތަކާ އެކު ރަށްތައް ދޫކުރަންޏާ އަނެއްކާވެސް ގަލު އަޅައިފާނެ: ނަޝީދު
މިހާރު ހުރި އުސޫލުތަކާ އެކު ރަށްތައް ދޫކުރަންޏާ އަނެއްކާވެސް ގަލު އަޅައިފާނެ: ނަޝީދު
ޓޫރިޒަމަށް ތަަރައްގީކުރަން ދޫކޮށް، ނުހެދި ހުރި ގިނަ ރަށްތަކެއް ހުއްޓައި އާ ރަށްތައް ދޫކުރިޔަސް، މިހާރު ހުރި އުސޫލުތަކާ އެކު އެރަށްތައް ނުހެދި ލަސްވުން ނުވަތަ "ގަލު އެޅުން" އެއީ ވެދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ޓޫރިޒަމަށް ދޫކޮށް، ނުހެދި ލަސްވެފައިވާ ރަށްތަކަށް އިޝާރާތް ކުރައްވައި އެ ރަށްތަކަކީ "ގަލު އަޅާފައިވާ" ރަށްތައް ކަމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ވެސް މައުސޫމު ބޭނުންކުރެއްވީ އެ އިބާރާތެވެ. "އަޅުގަނޑު ކުރިން ދެންނެވިން، ގަލުގައި އަޅާފައި ހުރި ކަންތައްތައް ބަހައްޓާފައި އާ ތަންތަނާ އެއްކޮށް ކުރިއަށް ދާން. އެގޮތުން އަޅުގަނޑުމެން ޅ. އަތޮޅުން ވެސް އިތުރު ރަށްރަށް ދެމުން މިދަނީ،" ޅ. އަތޮޅުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކާ  ބެހޭ ގޮތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމު ވިދާޅުވި އެވެ. [embed]https://minivan.mv/80697/[/embed] މައުސޫމުގެ އެ ޖަވާބަށް ފަހު އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުން ،ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައްސަލަ އަކީ އާ ތަންތަން ވެސް ގަލުގައި އެޅުން ކަމަށެވެ. ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 100 އާ ގާތްކުރާ އަދެއްގެ ރަށްތައް ނުހެދި އެބަހުރި ކަމަށާއި އެކަން މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި ހަމަ މިއޮތް އޫސޫލުތަކުގައި މި އޮތް ގޮތަށް އޮވެ، ރަށްތައް ދޫކުރަމުން ދިޔައިމާ އަނެއްކާ ވެސް ކުރީގައި ގަލުގައި އެޅި ސަބަބުތަކަށް ޓަކައި އަލުން އަނެއްކާ ގަލުގައި އެޅުން އެއީ ވަރަށް އެކަށީގެންވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމަށް ދޫކުރާ ރަށްތައް ނުހެދި ހުއްޓިފައި ހުރުމުގެ މައްސަލަ އަކީ ރާއްޖޭގައި 1997 ވަނަ އަހަރުން ފެށިގެން އޮތް މައްސަލަ އެކެވެ. އެކަމަށް ޖުމްލަ ހައްލެއް ހޯދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުޑަނޫން ކަމަށާއި އެކަމުގައި ސަރުކާރުން އަދާކުރަން ޖެހޭ ވާޖިބު ވެސް ކުޑަނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ