މާލެ: 31°C

މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިން

މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިން
June 6, 2023
2 ފަހަރު ބަލާފައި
މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިން

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކަށް އަނެއްކާވެސް އިންޑިއާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން، އިންޑިއާއިން ވަނީ ރާއްޖެއަށް 95،800 ޓޫރިސްޓުން އައިސްފަ އެވެ. ވޭތުވެދިޔަ ފަސް މަހު ވެސް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމެއްގެ ގޮތުގައި އޮތީ، ރަޝިއާ އެވެ. އެ ގައުމު މިހާރު އޮތީ ލިސްޓުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ.

ރަޝިއާއިން ވަނީ 95،700 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 73،900 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދަކީ 820،000 އެވެ. އޭގެ ތެރެއިން 22 ޕަސެންޓު ޓޫރިސްޓުން އައީ އިންޑިއާ އާއި ރަޝިއާއިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 15 ޕަސެންޓުގެ ކުރި އަރައިފަ އެވެ. ވޭތުވެދިޔަ ހަތަރު މަހު ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު އިތުރު ވިޔަސް، މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުން ވަނީ މިދިޔަ އަހަރަށް ވުރެ 3.6 ޕަސެންޓު ދަށްވެފަ އެވެ.

ރާއްޖެއަށް ދެން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިޓަލީ އާއި ޖަރުމަނާއި ފްރާންސާއި އެމެރިކާ އާއި ޗައިނާ އާއި ސްވިޓްޒަލެންޑާއި ސައުތު ކޮރެއާ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 65 ޕަސެންޓު ހިއްސާވަނީ 10 ގައުމުންނެވެ.

ރާއްޖެއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5،500 ޓޫރިސްޓުން އާދެ އެވެ.

ރާއްޖޭގައި 60،000 އެނދު ތަރައްގީކޮށްފައި ވާއިރު މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ އަމާޒު ހިފައިފަ އެވެ.

އިންޑިއާ އަކީ ކޮވިޑްގެ ކުރިން ވެސް ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ގައުމުގެ ފިލްމީ ތަރިންގެ މެދުގައި ވެސް ރާއްޖެ މިހާރު ވަރަށް މަގުބޫލުކަމެވެ. އެގޮތުން ވަރަށް ގިނަ ފިލްމީ ތަރިންގެ މިހާރު އެންމެ އާންމު އެއް ޗުއްޓީ މަންޒިލަކީ ރާއްޖެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ