
މިފެންނަނީ ޑިމޮކްރެޓްސް ޕާޓީން ހޯދި "އިބޫ ނޫންގޮތް": ފައްޔާޒް
މިފެންނަނީ ޑިމޮކްރެޓްސް ޕާޓީން ހޯދި "އިބޫ ނޫންގޮތް": ފައްޔާޒް
ލިޔުން:
ރާއްޖެ މިހާލަތައް ވެއްޓުނީ ޑިމޮކްރެޓްސް ޕާޓީން އިބޫ ނޫންގޮތެއް ހޯދަން ކުރި މަސައްކަތުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއެއްޖެއެވެ.
ރޭ އެމްޑީޕީން ސިޔާސީ ޙަރަކާތް ހިންގާ ދަނޑިކޮށި ޖަގަހާގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލިސްގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މި ހާލަތަށް ގައުމު ވެއްޓުމުގެ އެންމެ ފުރިހަމަ ޒިންމާއެއް ނަންގަވަންޖެހޭ ބޭފުޅުންނަކީ ޑިމޮކްރެޓްސް ޕާޓީގެ ބޭފުޅުންކަމަށާއި، އަމިއްލަ އެދުމަށް ކުރީގެ ރައީސް އިބޫ ނޫން ގޮތެއް ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވީ އެބޭފުޅުން ކަމަށެވެ. އަދި މިހާލަތައް ގައުމު ދިއުމުގެ ޒިންމާ ޑިމޮކްރަޓްސް ޕާޓީން ނަގަންޖެހޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ފާހަގަކުރެއްވީ ރައްޔިތުން ނިކުމެ މުލިއާގޭ ޔަކޫޒީއަށް އަރައިތިބޭށާއި، މުލީއާގޭގައި ހުރި އަގުބޮޑު ކަރޯކޭ ސިސްޓަމުން ރައްޔިތުން ވަދެ ލަވަކިޔަން ތިބޭތަނާއި އަދި ރައީސުލް ޖުމްހޫރިއްޔާ ގައުމު ދޫކުރައްވައި ފުރައިގެން ދާން އެމްޑީޕީން ބޭނުން ނުވާކަމަށާއި، ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އެޕާޓީން އިހްތިރާމު ކުރާ ކަމަށެވެ.
ނަމަވެސް މުސާރަ ނުދެވި އަމިއްލަ ވިޔާފާރިތައް ހުއްޓޭ ހިސާބަށް އެމްޑީޕީން މަޑުން ތިބީ ގައުމު ބަނގުރޫޓް ވާން ބޭނުންނުވާތީކަމަށާއި އަދި ވެރިކަންވެސް ވައްޓާލަން ބޭނުން ނުވާތީކަމަށެވެ. އެހެންނަމަވެސް
މުވައްޒަފުންނަށް މުސާރަ ނުދެވި, އަމިއްލަ ވިޔަފާރިތައް ހުއްޓޭ ހިސާބަށް ގޮސްފައި ވިޔަސް އެމްޑީޕީ މަޑުން ތިބީ ގައުމު ބަނގުރޫޓްވެގެން ރައްޔިތުން ނިކުމެ ގައުމުގެ ވެރިކަން ވައްޓާލަން ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް ސަރުކާރުން ފެންނަނީ އެކަންކަން ރަނގަޅުކުރަން މަސައްކަތްނުކޮށް ކުރީ ސަރުކާރު ކުރީ ސަރުކާރު ކިޔާލަ ކިޔާލާ ތިބޭތަން ކަމަށާއި، ސަރުކާރުން ކަންކަން ރަނގަޅު ނުކޮށް ތިބޭނަމަ ރައްޔިތުން ނިކުންނަ ހިސާބައްގޮސްދާނެކަމަށެވެ.
އަދި އެމްޑީޕީން މަސައްކަތް ކުރާނީ އަބަދުވެސް ގައުމުގެ ކަންކަން ރަނގަޅަށް ގެންދިއުމަށް ކަމަށާއި އެމަސައްކަތުގައި އަބަދުވެސް އެމްޑީޕީ ދެމިއޮންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
