މާލެ: 31°C

މިފްކޯގެ ކަންނެލި ފެކްޓްރީ ހިންގި ކަނޑުއޮތްގިރި ސިފައިންނަށް ދީފި

މިފްކޯގެ ކަންނެލި ފެކްޓްރީ ހިންގި ކަނޑުއޮތްގިރި ސިފައިންނަށް ދީފި
August 21, 2024
2 ފަހަރު ބަލާފައި
މިފްކޯގެ ކަންނެލި ފެކްޓްރީ ހިންގި ކަނޑުއޮތްގިރި ސިފައިންނަށް ދީފި
1999 ވަނަ އަހަރުން ފެށިގެން ސަރުކާރުން މަސަގަންނަ ފެކްޓަރީއެއް ހިންގަމުން އައި މާލެ އަތޮޅު ކަނޑުއޮތްގިރި ސިފައިންނަށް ދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝިޔާމް އެހެން ވިދާޅުވީ މިއަދު އެ މިނިސްޓަރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެކަމާ ގުޅިގެން އެމަނިކުފާނު އިތުރަށް ވިދާޅުވީ ކަނޑުއޮތްގިރި މި މަހުގެ 3 ވަނަ ދުވަހު ސިފައިންނާ ޙަވާލުކޮސްފައިވާކަމަށާއި އަދި މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ފަޅުތެރެއިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ލަފާފުރުމުގެ ދަތިކަމާ ހުރެ ބަނދަރު އަޕްގްރޭޑު ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގި ކަނޑުއޮތްގިރީގައި ހުރި ކާރުހާނާ ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ފުރަތަމަ އިއުލާނުކުރީ ޖޫން 13، ގަ އެވެ. އަދި މީގެ ކުރިން މަސްވެރިން ކުރި މުޒާހިރާގައި މިނިސްޓަރ ޝިޔާމް ވަނީ ކަނޑުއޮތްގިރި މަސް ފެކްޓަރީ ހުޅުމާލެއަށް ބަދަލުކުރުމަށް ބިން ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީއާއި މަޝްވާރާކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައެވެ.

ކަނޑުއޮތްގިރި މަސްފެކްޓަރީ ބަންދުކުރީ އެރަށުގެ ގެ ބަނދަރު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ސައުދީ ސަރުކާރުގެ އެހީގައި 2022 ވަނަ އަހަރު ވަނީ އެމްޓީސީސީ އާއި ޙަވާލުކޮށްގެން އެ މަޝްރޫއުގެ މަސައްކަތް ފަށާފައެވެ. އެ މަޝްރޫޢުގެ ަގަކީ 77 މިލިއަން ރުފިއާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ