
މިފްކޯއަށް އަލަށް ގެންނަ 3 ބޯޓުގެ ތެރެއިން 1 ބޯޓު ބާއްވާނީ މުލަކު ކައިރީގައި: ރައީސް
މިފްކޯއަށް އަލަށް ގެންނަ 3 ބޯޓުގެ ތެރެއިން 1 ބޯޓު ބާއްވާނީ މުލަކު ކައިރީގައި: ރައީސް
ލިޔުން:
މ. މުލަކުގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް، އެރަށު މަސްވެރިން އެދިލެއްވި ފަދައިން މިފްކޯއަށް ގެންނަ 3 ބޯޓުގެ ތެރެއިން 1 ބޯޓު ބާއްވާނީ މުލަކު ކައިރީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބަށް، މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މުލަކުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުލަކު މަސްވެރިން އެރަށުގައި ހަދަމުންދާ މިފްކޯގެ މަސް ކަލެކްޓިންގ ސެންޓަރު ނިމުމުގެ ކުރިން އެރަށާ ކައިރިން މަސްކިރޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ވަނީ އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"މަސްވެރިން އެދިފައިވާ ފަދައިން، މިފްކޯގެ މަސްކަލެކްޓިންގ ސެންޓަރެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އެދަނީ. ދެން އޮތީ ފްރީޒިންގ ކެޕޭސިޓީއާ ކޯލްޑް ސްޓޯރޭޖް ގާއިމްކުރުން. ކުރިއަށްއޮތް ތަނުގައި އެކަންތަކުގެ އަަމަލީ މަސައްކަތް ފެށޭވަރު ކުރާނަން. އަދި އެކަން ނިމެންދެން، މަސްވެރިން އެ އެދުނު ގޮތަށް މި ސަރަހައްދުން މަސް ކަލެކްޓިންގ ބޯޓެއް ބާއްވާނަން. މިފްކޯއަށް އަލަށް ގެންނަ 3 ބޯޓުގެ ތެރޭން 1 ބޯޓު ބާއްވާނީ މި ސަރަހައްދުގަ." ރައީސް ވިދާޅުވިއެވެ.
https://twitter.com/MDPSecretariat/status/1680259638217043968?s=20
އޭގެ އިތުރުން، ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ދެވަނަ ދައުރެއް ލިބިއްޖެނަމަ، މުލަކަށް ގެނެސްދޭނެ އިތުރު ތަރައްގީގެ މައްޗަށް ވެސް އަލިއަޅުއްވާލާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ އެންމެ އަވަހަށް އޭޓީއެމް ބަހައްޓާ ރަށްރަށުގެ ތެރޭގައި މުލައް ހިމެނޭކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެރަށުގައި އޭޓީއެމްއެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
އަދި މުލަކުގައި މިހާރު ހަދަމުންދާ މަގުތަކުގެ މައްސަލަތައް ހައްލުކޮށް، މަސައްކަތް ފެށިގެންދާއިރު، މުލަކުގައި ނުހަދާ ހުރި މަގުތައްވެސް ހިމަނައިގެން އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މުލަކާއި، މުލީގެ ބޯހިޔާވަހިކަމުގެ ތަސައްވުރެއް އެބައޮތް ކަމަށާއި، ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.
ރައީސްގެ ތިން ދުވަހުގެ މި ކެމްޕޭނު ދަތުފުފުޅުގައި މ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ ކޮޅުފުއްޓަށެވެ. އެއަށްފަހު ނާލާފުށި، މުލި، އަދި މުލަކަށެވެ. އެއަށްފަހު ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނާ އެކު މި ކެމްޕޭން ދަތުރުފުޅުތަކުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
