
މިފަހަރު ވެސް ޖޭޕީ ކައުންސިލްގެ އެޖެންޑާއަށް ރިޔާސީ އިންތިހާބާ ބެހޭ ނިންމުމެއް ނައި
މިފަހަރު ވެސް ޖޭޕީ ކައުންސިލްގެ އެޖެންޑާއަށް ރިޔާސީ އިންތިހާބާ ބެހޭ ނިންމުމެއް ނައި
ލިޔުން:
ރިޔާސީ އިންތިހާބާ ބެހޭ ނިންމުމެއް އެޖެންޑާ ނުކޮށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ކައުންސިލުން އަނެއްކާ ވެސް ބައްދަލުވުމެއް ތާވަލުކޮށްފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރެން ގޮވާލައި އެޕާޓީގެ ގައުމީ ކޮންފަރެންސުން ފާސްކުރި ގަރާރު ތަންފީޒު ކުރުމާއި ނުކުރުމުގެ ބާރު އެޕާޓީގެ ކައުންސިލުން ދިނީ ލީޑަރު ގާސިމް އިބްރާހީމަށެވެ. ޖޭޕީ ކައުންސިލުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމުމުގައިވާ ގޮތުން އެކަމާ މެދު ގާސިމް ނިންމަވާ ގޮތެއް ކައުންސިލަށް އަލުން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ އެވެ.
އެހެން ނަމަވެސް ޖޭޕީ ކައުންސިލުން މާދަމާ ބާއްވާ ބައްދަލުވުމުގެ އެޖެންޑާގައި އެކަން ހިމަނައިފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބާ މެދު ނިންމަވާ ގޮތެއް ގާސިމް އަދިވެސް ކައުންސިލަށް ހުށަނާޅުއްވަ އެވެ.
އެކައުންސިލުން މާދަމާ ބާއްވާ ބައްދަލުވުމަށް އެޖެންޑާކޮށްފައި އޮތީ އެޕާޓީގެ އަސާސީ ގަވައިދު ބުނާ ކޮމިޓީތަކުގެ އިންތިހާބާ ބެހޭ މަޝްވަރާއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ގައުމީ ކޮންފަރެންސުން ފާސްކުރި ގަރާރުގައި ގޮވާލައިފައި ވާއިރު ކައުންސިލުން ނިންމާފައި ވަނީ ކެންޑިޑޭޓަކު ނެރޭ ނަމަ އެ ކެންޑިޑޭޓަކީ ގާސިމް ކަމަށެވެ. އެގޮތަށް އެކަން އޮތް އިރު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޖޭޕީން އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ޖޭޕީއަށް ދައުވަތު ދެއްވައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
