
މިއީ ޤާސިމް އިބްރާހިމްގެ ފަހަރު: އެޑްވައިޒަރު ނަވާޒް
މިއީ ޤާސިމް އިބްރާހިމްގެ ފަހަރު: އެޑްވައިޒަރު ނަވާޒް
ލިޔުން:
މިއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފަހަރަކު ކަމަށް އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު ނަވާޒް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިމިވާ ދަނޑިވަޅުގައި ނަވާޒް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ޖުމްހޫރީ ޕާޓީގެ ފަހަރު ކަމަށެވެ،
"އޮޑި އޮތީ ބަރުކޮށްފަ، ކައްޕި ހުރީ އޮޑީގަ، އަތުކުރި އޮޅާލާފަ، ކަމަރު ބަންނަންވީ، މީ އޮނަރަބަލް ޤާސިމް އިބްރާހިމްގެ ފަހަރު، ޖޭޕީގެ ފަހަރު" ނަވާޒް ވިދާޅުވިއެވެ.
ނިމިގެންދިޔަ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ގޮވާލާ ހުށައެޅި ޤަރާރު މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ޤަރާރަށް ގޮތެއް ނިންމާލީ އެޕާޓީގެ ކައުންސިލުން ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. ބެލެވޭ ގޮތުގައި ކައުންސިލުންވެސް ނިންމާނީ ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހަށް ނިކުންނަ ގޮތަށެވެ. އެއީ އެޕާޓީގެ ކައުންސިލަށް މިފަހަރު ހޮވިފައިތިވީ އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި މެމްބަރުން ކަމަށް ވާތީއެވެ.
ޤާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ސިޔާސީ ގޮތުން ފުންނާބުއުސް 6 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. މި 6 ބޭފުޅުންނަކީވެސް ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އިސް ސަފުގައި ހަރަކާތްތެރި ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުންނެވެ. ކުރީގެ ނައިބްރައީސް ޖިހާދާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްޙާމް އަޙްމަދާއި ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަޙްމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ނަވާޒްވެސް ވަނީ ލީޑަރުގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސާފައެވެ. މީގެތެރެއިން ޖިހާދު ހަމަޖެއްސެވީ ސްޕެޝަލް އެޑްވައިޒަރުކަމުގެ މަޤާމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
