މާލެ: 31°C

މިއީ އެކަހެރިކޮށް، ތަފާތުކުރާނެ ޕާޓީއެއް ނޫން، މިއީ ފުރުސަތުން ފުރިގެންވާ ޕާޓީޢެއް: ގާސިމް

February 24, 2023
2 ފަހަރު ބަލާފައި
މިއީ އެކަހެރިކޮށް، ތަފާތުކުރާނެ ޕާޓީއެއް ނޫން، މިއީ ފުރުސަތުން ފުރިގެންވާ ޕާޓީޢެއް: ގާސިމް
މިއީ އެކަހެރިކޮށް، ތަފާތުކުރާނެ ޕާޓީއެއް ނޫން، މިއީ ފުރުސަތުން ފުރިގެންވާ ޕާޓީޢެއް: ގާސިމް
ޖޭޕީއަކީ ފުރުސަތުން ފުރިގެންވާ ޕާޓީއެއް ކަމަށާއި އެހެން ޕާޓީތަކުގައި ތިބެފައި ވަޑައިގަންނަވާ ފަރާތްތަކަށްވެސް މިޕާޓީން ފުރުސަތުދޭނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންގްރެސްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މިއީ އެކަހެރިކޮށް، ތަފާތުކުރާނެ ޕާޓީއެއް ނޫންކަމަށާއި މީހާ ކުރިއަރާނީ އޭނާގެ ހުނަރާއި ގާބިލްކަމުން ކަމަށެވެ. “ޒުވާނުންނާއި، ކަނބަލުންނަށްވެސް އެހެން އެެއްވެސް ޕާޓީއެއްގައި ނެތް ވަރަށް މި ޕާޓީގައި ފުރުސަތު އޮންނާނެ. ކުރިއަށް އޮތްތަނުގައި ވެސް އެކަން އޮންނާނީ އެހެން” ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވިއެވެ. ގާސިމް ވިދާޅޫވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިހްސާސްތައް ދަންނަ ބަޔަކަށް ވެރިން ވާންޖެހޭނެ ކަމަށާއި މިދަފަ ވެރިއަކަށް ނޫނީ ދިވެހިންނަށް ހިދުމަތްކޮށެއް ނުދެވޭނެ ކަމަށެވެ. އަދި ޖޭޕީން އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެކުގައި ކަމަށް ޤާސިމް އިބްރާޙީމް ވިދާޅުވިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިހްސާސްތައް ދަންނަ ބަޔަކަށް ވެރިން ވާންޖެހޭނެ ކަމަށާއި މިދަފަ ވެރިއަކަށް ނޫނީ ދިވެހިންނަށް ހިދުމަތްކޮށެއް ނުދެވޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. “ސަރުކާރުތަކުން ވައުދުތައް ފުންދަމުންދާއިރު، ކޯލިޝަން މެމްބަރުންގެ ދައުރެއް އޮންނަކަމަކަށް ނުވޭ، އެކަމަކު ސަރުކާރު އެކުލަވާލަންވީމަ ޖޭޕީ ވަރެއް ނޯވޭ” ޤާސިމް އިބްރާޙީމް ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ