މިއީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ދިވެހިން އަޅައިދޭ ވަގުތީ ގެތަކެއް

މިއީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ދިވެހިން އަޅައިދޭ ވަގުތީ ގެތަކެއް
ލިޔުން:
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެފިވެދޭ ރާއްޖޭގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ތުރުކީއާއި ސީރިއާގައި ފުރަތަމަ ކުރި ކަމަކީ އެ ދެގައުމަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކާބޯތަކެތީގެ އެހީ ދިނުމެވެ. އެ ޖަމާއަތާއި ގުޅިފައިވާ ބައިނަލް އަގުވާމީ އެހެން ޖަމިއްޔާތަކުގެ ވެސް އެހީއާ އެކުގަ އެވެ.
އެހެން ނަމަވެސް އެ މަރުހަލާ ނިމި އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން މިހާރު ކުރަމުން އަންނަ ކަމަކީ އެ ޖަމިއްޔާއިން ބުނި ގޮތުގައި ދެގައުމުގައި ވެސް ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކުރާ މަސައްކަތުގައި ބައިވެރިވުމެވެ. ފޮޓޯތަކުން މިފެންނަ ކޮންޓޭނަރު ގެތަކަކަކީ އެގޮތުން އަޅަމުން އަންނަ ގެތަކެކެވެ.
[embed]https://twitter.com/IACMaldives/status/1644422227985858560?s=20[/embed]
" އެމަރޖެންސީ ފަންޑު ބޮޑަށް ބޭނުން ކުރެވިގެން ދާނީ ، ގެދޮރު ގެއްލި ހާލުގައި ޖެހުނު ފަރާތްތަކުގެ ގެދޮރު ބިނާކުރުމަށާއި ދާއިމީ ގޮތެއްގައި އެމީހުންގެ ދިރިއުޅުމަށް ރަނަގޅު ބަދަލެއް އަންނާނެފަދަ ކަންމަކަމަށް. އެންމެ ފުރަތަމަ ބިންހެލުން ދިމާވުމާއި ގުޅިގެން އަޅުގަނޑުމެންވާނީ ކުއްލި އެހީގެ ގޮތުގައި ކާބޯތަކެއްޗާއި، އެހެނިހެން މެޑިކަލްގެ އެހީތަށްވެސް ފޯރުކޮށްދީފަ. އެހެން ނަމަވެސް މިހާރު އެންމެ ބޮޑަށް މުހިއްމުވެފައިވަނީ ބޯހިޔާވަހިކަމާއި އަލުން ދެ ގައުމުވެސް ބިނާކުރުން ކަމުގައި ވާތީ އަޅުގަނޑުމެންގެ މައިގަޑު އަމާޒު ހުރީ އެފަދަ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީ ބޭނުން ކުރުމަށް،" އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އިއްޔެ ކުރި ޓްވީޓެއްގައި ބުންޏެވެ.
ތުރުކީ އާއި ސޫރިޔާއަށް މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ރޭ އާއި ބާރުގަދަ ބިންހެލުމުގައި ގާތްގަނޑަކަށް 45،000 މީހުން މަރުވި އެެވެ. އޭގެ އިތުރުން އެތައް ހާސް ބަޔަކު ޒަހަމްވި އިރު އެތައް ހާސް ބައެއްގެ ގެދޮރު ގެއްލުނެވެ. އައިއޭސީން އެ ދެގައުމަށް އެހީވާން ހުޅުވައިލި އިމަޖެންސީ ފަންޑް ރޭ ވަނީ ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
