
މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި
މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި
ލިޔުން:
މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން އާންމުކުރި މިދިޔަ މަހުގެ އިމްޕޯޓް/އެކްސްޕޯޓް ތަފާސްހިސާބު ދައްކާ ގޮތުގައި މިދިޔަމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދާ މިދިޔަ އަހަރުގެ މާޗަށް ވުރެ ހަތަރު ޕަސެންޓު އިތުރެވެ. ނަމަވެސް އެކްސްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރަށް ވުރެ 64 ޕަސެންޓު ދަށެވެ. މިދިޔަ މަހު ބޭރުކުރީ 124 މިލިއަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓު ކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގީ ތެލަށެވެ. އެގޮތުން މާޗް މަހުގެ ތެރޭގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކޮށްފައިވެއެވެ.
https://twitter.com/CustomsMv/status/1783078008129278229
އެގޮތުން، މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް ބަލާ އިރު އެންމެ ގިނަ މުދާ އެތެރެކުރީ އޮމާންއިންނެވެ. އެއީ 777 މިލިއަން ރުފިޔާގެ މުދަލެވެ. މީގެ ތެރޭގައި ދެން ހިމެނެނީ (އިންޑިއާ 763 މިލިއަން ރުފިޔާ)، (ޔޫއޭއީ (617 މިލިއަން ރުފިޔާ)، (ޗައިނާ (440 މިލިއަން ރުފިޔާ) އަދި (ސިންގަޕޫރު (401 މިލިއަން ރުފިޔާ) އެވެ.
މިދިޔަ މަހު ވެސް ރާއްޖޭން އެންމެ ގިނައިން ބޭރުކުރީ މަހުގެ ބާވަތްތަކެވެ. އަދި އެންމެ ގިނައިން މަސް ބޭރުކުރީ ތައިލޭންޑެވެ. އެ ގައުމަށް 41 މިލިއަން ރުފިޔާގެ މަސް ބޭރުކުރިއެވެ. މީގެ ތެރޭގައި ދެން ހިމެނެނީ އިނގިރޭސިވިލާތް (27 މިލިއަން ރުފިޔާ)، (ޖަރުމަން (12 މިލިއަން ރުފިޔާ)، (އިންޑިއާ 7 މިލިއަން ރުފިޔާ) އަދި (ފްރާންސް 6 މިލިއަން ރުފިޔާ) އެވެ.
މިދިޔަ މަހު ކަސްޓަމްސްއިން ޑިއުޓީގެ ގޮތުގައި 320 މިލިއަން ރުފިޔާ އަދި ރޯޔަލްޓީގެ ގޮތުގައި 19 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
