މާލެ: 31°C

މިދިޔަ މަހު އެކަނި މާލޭގައި 115 ވަރި

މިދިޔަ މަހު އެކަނި މާލޭގައި 115 ވަރި
April 18, 2023
3 ފަހަރު ބަލާފައި
މިދިޔަ މަހު އެކަނި މާލޭގައި 115 ވަރި
މިދިޔަ މަހު މާލޭގައި 245 ކައިވެނި ކުރިއިރު  115 ވަރި ކޮށްފައިވާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުގައި ކުރީ މަސްތަކުގެ ބާކީހުރި ބައިތަކާއެކު މިދިޔަ މަހު އެކޯޓުން ނިންމި ވަރީގެ މައްސަލަތަކުގެ އަދަދަކީ 149 އެކެވެ. ވަރި ސާބިތުކުރުމަށް 50 މައްސަލައެއް ހުށަހެޅުނުއިރު، ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 53 މައްސަލައެއް ނިންމާފައި ވެއެވެ. އަދި މަސް ނިމުނުއިރު، 30 މައްސަލައެއް ނުނިމި އެބަ އޮތެެވެ. އަދި ވަރިއާމެދު ޝައްކުވެގެން މިދިޔަ މަހު ތިން މައްސަލައެއް ހުށަހެޅުނުއިރު، ތިން މައްސަލައެއް ނިންމާފައި ވެއެވެ. ވަރިއާމެދު ޝައްކުވެގެން ހުށަހެޅި އެއް މައްސަލަ އަދި ނުނިމެއެވެ. [gallery size="full" columns="1" ids="86590"] މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހެޅި އެހެން މައަސަލަތަކުގެ ތެރޭގައި ، ކުއްޖާ އިހްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ އެއް މައްސަލައެއް މިދިޔަ މަހު ނިންމިއިރު، އެ މަހު ހުށަހެޅުނު ތިން މައްސަލައާއެކު ޖުމްލަ 12 މައްސަލައެއް ނުނިމިވެއެވެ. އަދި ހަޟާނާތުގެ އެއް މައްސަލައެއް މިދިޔަ މަހު ހުށަހެޅުނުއިރު، ކުރީގެ މަހުގެ މައްސަލަތަކާއެކު ދެ މައްސަލައެއް ނިންމާފައި ވެއެވެ. އަދި 14 މައްސަލައެއް ކޯޓުގައި ހިންގަމުން ދެއެވެ. އޭގެ އިތުރުން ދަރިން ނުދައްކައިގެން ކޯޓަށް ހުށަހެޅި ހަތް މައްސަލައެއް އަދިވެސް ނިމިފައެއް ނުވެއެވެ. އަދި ނަސަބު ސާބިތު ކުރުމުގެ ދެ މައްސަލައެއް ވެސް ނުނިމި އެބަ އޮތެވެ. ރާއްޖެއަކީ ވަރި ގިނަ ގައުމަކަށްވާ އިރު، ވަރީގެ ސަބަބުން ދިމާވާ އިޖުތިމާއީ މައްސަލަތައްވެސް ގިނައެވެ. އެގޮތުން ދަރިންނަށް އަޅާނުލުމާއި ހަރަދުނުކުރުމުގެ މައްސަލަތައް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ