މާލެ: 31°C

މިދިޔަ އަހަރު 163 ބިދޭސީން ދިވެހިންނާ ކައިވެނިކުރި: ފެމިލީ ކޯޓް

January 19, 2025
237 ފަހަރު ބަލާފައި
މިދިޔަ އަހަރު 163 ބިދޭސީން ދިވެހިންނާ ކައިވެނިކުރި: ފެމިލީ ކޯޓް
މިދިޔަ އަހަރު ފެމިލީ ކޯޓުގެ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހާމާކޮށްފައިވާއިރު އެ ކޯޓުން މިދިޔަ އަހަރު ޖުމްލަ 2485 ކައިވެނިކޮށްދީފައިވާއިރު 1326 ވަރި، ކޮށްދީފައިވެއެވެ.

މިދިޔަ އަހަރު 163 ބިދޭސީން ދިވެހިންނާ ކައިވެނިކޮށްފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

މިދިޔަ އަހަރު ފެމިލީ ކޯޓުގެ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހާމާކޮށްފައިވާއިރު އެ ކޯޓުން މިދިޔަ އަހަރު ޖުމްލަ 2485 ކައިވެނިކޮށްދީފައިވާއިރު 1326 ވަރި، ކޮށްދީފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ކޮށްފައިވާ 181 ކައިވެންޏެއް އެ ކޯޓުގައި ރަޖިސްޓަރީ ކޮށްދީފައިވާއިރު މިދިޔަ އަހަރު 163 ދިވެހިން ބިދޭސީންނާ ކައިވެނިކޮށްދީފައިވެއެވެ. އޭގެ ތެރެއިން ދިވެހި އަންހެނުން ބިދޭސީ 45 ފިރިހެނުންނާ ކައިވެނިކޮށްފައިވާއިރު ދިވެހި ފިރިހެނުން 118 ބިދޭސީ އަންހެނުންނާ ކައިވެނިކޮށްފައިވެއެވެ.

އަނބިދަރިންގެ ޚަރަދާއި އިއްދައިގެ ޚަރަދާއި، ވިހެއުމުގެ ޚަރަދާއި ކައިވެނީގެ ރަން ހިމެނޭގޮތަށް ފެމެލީ ކޯޓުން މިދިޔަ އަހަރު 97 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދީފައިވެއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ