މިދިޔަ އަހަރާ އަޅައި ބަލާއިރު ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅައި ބަލާއިރު ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ
ލިޔުން:
މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު ބޮޑުތަނުން އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރީ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ރިޕޯޓްގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 933 މިލިޔަން ރުފިޔާ އިތުރެވެ. އެ ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހާ ހަމައަށް ދައުލަތަށް 4.7 ބިލިޔަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 3.8 ބިލިޔަން ރުފިޔާ އެވެ.
މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޓެކްސްގެ ގޮތުގަ އެވެ. ޓެކްސްގެ ގޮތުގައި މިހައިތަނަށް ހަތަރު ބިލިޔަން ރުފިޔާ ލިބިފައި ވާއިރު އޭގެ ބޮޑު ބަޔަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ގޮތުގައިި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި މިހައިތަނަށް 1.8 ބިލިޔަން ރުފިޔާ ލިބިފައި ވާއިރު އޭގެ ބޮޑު ބަޔަކީ ޓީޖީއެސްޓީ ގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މިއަހަރުގެ މިހައިތަނަށް 1.4 ބިލިޔަން ރުފިޔާ ލިބުނު އިރު ޖީއެސްޓީގެ ގޮތުގައި ލިބުނީ 489.4 މިލިޔަން ރުފިޔާ އެވެ.
އާމްދަނީ އިތުރުވި އެހެން ވަސީލަތްތަކުގެ ތެރޭގައި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އާއި ކޯޕަރޭޓް އިންކަމް ޓެކްސް އެއާޕޯޓް ސާވިސްޗާޖް ހިމެނެ އެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހައިތަނަށް 1.5 ބިލިޔަން ރުފިޔާ ލިބިފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 947.3 މިލިޔަން ރުފިޔާ އެވެ. މިއަހަރުގެ މިހައިތަނަށް ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 772.8 މިލިޔަން ރުފިޔާ ލިބިފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 398.5 މިލިޔަން ރުފިޔާ އެވެ. އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މިއަހަރުގެ މިހައިތަނަށް 112.9 މިލިޔަން ރުފިޔާ ލިބިފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނީ 78.6 މިލިޔަން ރުފިޔާ އެވެ.
މިއަހަރުގެ މިހައިތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅައި ބަލާއިރު ދަށްވި ވަސީލަތްތަކުގެ ތެރޭގައި ރޯޔަލްޓީ އާއި ގްރީންޓެކްސް ހިމެނެ އެވެ. މިއަހަރުގެ މިހައިތަނަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 109.7 މިލިޔަން ރުފިޔާ ކަމަށް ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 129.4 މިލިޔަން ރުފިޔާ ލިބުނެވެ. ރޯޔަލްޓީގެ ގޮތުގައި މިއަހަރުގެ މިހައިތަނަށް ލިބުނީ 15.4 މިލިޔަން ރުފިޔާ ކަމަށް ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 23.6 މިލިޔަން ރުފިޔާ ލިބުނެވެ.
މިއަހަރުގެ މިހައިތަނަށް ދައުލަތަށް ލިބުނު އާމްދީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު އިތުރުވެފައި ވާއިރު ދައުލަތުން ކުރި ހަރަދު ވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ. ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހައިތަނަށް 5.9 ބިލިޔަން ރުފިޔާ ހަރަދުވެފައި ވާއިރު މިދިޔަ އަހަަރުގެ މި މުއްދަތުގައި ހަރަދުވީ 4.7 ބިލިޔަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
