"ނިމިގެން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑު ދަންނަވާނީ އާދަޔާ ހިލާފު ބޮޑެތި ކާމިޔާބީތަކެއް ހަޔާ އެޑިއުކޭޝަން ސެކްޓާއިން ވަނީ ހާސިލުކޮށްފައި. އަންނަން އޮތް ޖީލުތައް ވެސް ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ވަނީ މިސަރުކާރުން ހޯދިފައި. ވަކިން ހާއްސަ ގޮތެއްގައި މީގައި ތާރީހީ ކަންތަައްތަކެއް ވެސް އެބަހުރި އިނގޭތޯ،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.މަތީ ތައުލީމުގެ ދާއިރާއިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ މަސައްކަތްތެރި ޖީލެއް އުފެއްދުމަށް ޓަކައި އަތޮޅުތަކަށް ޓިވެޓް ތައުލީމު ފޯރުކޮށްދިނުމުގެ މަޝްރޫއުތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެއީ މާލެެއަށް ދަރިވަރުން އައިސް ތަމްރީނުވުމަކީ ފީސިބަލް ކަމަކަށް ނުވާތީ އެ ފުރުސަތު އަތޮޅުތަކުން ލިބިދޭން ހިންގާ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަދި ހާއްސަކޮށް ޕްރައިވެޓް ސެކްޓަރުގައި [ތިބި] މިކަން ކުރަން ބޭނުންވާ ފަރާތްތަކާ އެކު ޕާޓްނަޝިޕެއްގައި މިކަން ކުރުުމުގެ ފުރުސަތު ވެސް ފަހިވެގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެެވެ. އަތޮޅު ތެރޭގައި ޓިވެޓް ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ އޭނާ ވިދާޅުވި ގޮތުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުންނެވެ. ހަތަރު ސަރަހައްދެއްގައި އެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެތަންތަން ގާއިމް ވުމަކީ މަސައްކަތް ދަސްކުރަން ބޭނުންވާ ޒުވާނުންނަށް ލިބޭ "އާދަޔާ ހިލާފު ފުރުސަތެއް" ކަމަށް މިނިސްޓަރު ސިފަކުރެއްވި އެވެ. "އާއިލާއާ އެކު ތިބެެގެން މަސައްކަތެއް ދަސްކޮށް، އެ މަސައްކަތުގެ ތެރެއިން ވިޔަފާރިއެއް ފެށުމުގެ ފުރުސަތު ފަހިކޮށްދީފައި، އެކިއެކި އެހެން ވުޒާރާތަކުން އެގެންގުޅުއްވާ އެކިއެކި ސްކީމްތަކުގެ ތެރެއިން،" މިނިސްޓަރު ވިދާޅުވި އެވެ. އެއީ ސަރުކާރުން ގެންގުޅޭ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަތަރު އަހަރު މަތީ ތައުލީމުގެ ދާއިރާއިން އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދުނު: މިނިސްޓަރު

މިދިޔަ ހަތަރު އަހަރު މަތީ ތައުލީމުގެ ދާއިރާއިން އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދުނު: މިނިސްޓަރު
ލިޔުން:
މަތީ ތައުލީމުގެ ދާއިރާއިން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އާދަޔާ ހިލާފު ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް މަތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ހަސަން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ "ފަލަސުރުޚީ ޕްރޮގްރާމް"ގައި މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ދާއިރާއިން މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަކީ އަންނަން އޮތް ޖީލުތައް ވެސް ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ކަމަށާއި އެފަދަ އެއް ކަމަކީ މަތީ ތައުލީމާ ބެހޭ ގާނޫނެއް ފާސްކޮށް އަމަލުކުރަން ފެށުން ކަމަށެވެ. މަސައްކަތްތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ފުޅާކުރަން ހެދި މާސްޓާ ޕްލޭނަކީ ވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި ބޮޑު ކާމިޔާބީ އެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
