މާލެ: 31°C
މިދިޔަ 18 ދުވަސް ތެރޭ މާލެއިން 305 ޓަނުގެ ކުނި ނަގައިފިން: މޭޔަރު

މިދިޔަ 18 ދުވަސް ތެރޭ މާލެއިން 305 ޓަނުގެ ކުނި ނަގައިފިން: މޭޔަރު

March 14, 2024
3 ފަހަރު ބަލާފައި
މިދިޔަ 18 ދުވަސް ތެރޭ މާލެއިން 305 ޓަނުގެ ކުނި ނަގައިފިން: މޭޔަރު
ފާއިތުވި 2 ހަފްތާއެއްހާ ދުވަސް ތެރޭ މާލެއިން 305.65 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަައި ވިދާޅުވީ އިއްޔެ އެކަނި ވެސް 42.15 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުގެ ހީވާގި މުވައްޒަފުން މާލޭގެ މަގުތަކުން ނަގާފައިވާ ކަމަށެވެ. "މިދިޔަ 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 12.22 ކޮނޓޭނަރުގެ ކުނި." އާޒިމް ވިދާޅުވިއެވެ. https://twitter.com/adamazim/status/1768015514679607624 އެގޮތުން، އާޒިމް ވަނީީ ‏މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށާއި ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް ކަމަށް ވިދާޅުވެފައެވެ.

ރޯދައަށް ގެތަށް ސާފުކޮށް ބާ މުދާ މަގުތަކަށް އެއްކޮށްކޮށް މާލޭގެ ހުރިހާ ހިސާބެއްގައި ވެސް ގިނަ ސަރަހައްދުތަކެއް ވަނީ ވަރަށް ބޮޑަށް ގޮނޑުކޮށްފައެވެ. ކުނިގިނަވެ ވެމްކޯއިން ހިލޭ ކުނި އުކުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ. މާލޭގެ މަގުތަކުގެ ކުނި ނެގުމަކީ މިހާރު މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ކަމެކެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުށަހަޅަން ޖެހެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ