
އެމްއައިބީން ރުފިޔާ ކާޑަށް ބޭނުންކުރެވޭ ލިމިޓް ބޮޑުކޮށްފި
އެމްއައިބީން ރުފިޔާ ކާޑަށް ބޭނުންކުރެވޭ ލިމިޓް ބޮޑުކޮށްފި
ލިޔުން:
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓް ބޮޑުކޮށްފިއެވެ.
އެމްއައިބީން ބުނީ ކަސްޓަމަރުންގެ ތެރެއިން މުސާރަ އެ ބޭންކަށް ޖަމާކުރާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓަށް ދޫކުރާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ ރުފިޔާ ކާޑަށް ބޭރުގެ މުއާމަލާތް ކުރުމަށް ކުރިން ދެމުން އައި މަހަކު 100 ޑޮލަރުގެ ލިމިޓް މިހާރު ވަނީ 250 ޑޮލަރަށް ބޮޑުކޮށްފައި ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
އެމްއައިބީއަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަކީ އެތަނުގެ "މިބްނައިން" (MB9) ކުލަބުގެ މެމްބަރުންނެވެ.
https://twitter.com/mibmv/status/1757385548665381165
އެ މެމްބަރުންނަށް ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި "އުޖާލާ ދިރިއުޅުން" ފައިނޭންސް ސްމީކް މެދުވެރިކޮށް ފައިނޭންސްކުރާ ނަމަ ޕްރޮފިޓް ރޭޓު 15-13 ޕަސަންޓަށް ކުޑަވުމާއި ފައިނޭންސިން ޕްރޮސެސިން ފީ 1 ޕަސަންޓުން 0.5 ޕަސަންޓަށް ކުޑަވުން ހިމެނޭނެއެވެ. އަދި މެމްބަރަކަށް ވުމަށްފަހު ނަގާ ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީ އުނިވާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އެމްއައިބީން ބުނީ އެ ބޭންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެން އެފައިދާތައް ކަސްޓަމަރުންނަށް ލިބެން ފަށާނެ ކަމަށާއި ބޮޑުކުރި ޑޮލަރު ލިމިޓާ އެކު ބޭންކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ މެމްބާޝިޕް ބެނެފިޓްތައް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.
އެމްއައިބީ ރަސްމީކޮށް 7 މާރޗް 2011 ގައި ހުޅުވި ނަމަވެސް އެ ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
