މާލެ: 31°C
އެމްއައިބީއިން "ބިޒްނަސް ބޭންކިން" ގެ ނަމުގައި އާ ގޮތްޕެއް ހުޅުވައިފި

އެމްއައިބީއިން "ބިޒްނަސް ބޭންކިން" ގެ ނަމުގައި އާ ގޮތްޕެއް ހުޅުވައިފި

March 3, 2024
2 ފަހަރު ބަލާފައި
އެމްއައިބީއިން "ބިޒްނަސް ބޭންކިން" ގެ ނަމުގައި އާ ގޮތްޕެއް ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "ބިޒްނަސް ބޭންކިން" ގެ ނަމުގައި އާ ގޮތްޕެއް ހުޅުވައިފިއެވެ. މި ގޮފި ހުޅުވައިދެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ. އެމަކަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އިއްޔެ ހުޅުވިގެންދިޔަ އާ ގޮފީގެ ސަބަބުން އެމްއައިބީން ދޭ ބޭންކިންގެ ހިދުމަތްތައް ފުޅާވެ ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި ބިޒްނަސް ބޭންކިން އަކީ މި ދާއިރާއިން ކުރިއެރުމަށް އެމްއައިބީން ކުރަމުން އަންނަ މަސައްކަތައް ފުރިހަމަކަމެއް ގެނެސްދޭނެ ގޮތްޕެއް ކަމަށް ވެސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://twitter.com/mibmv/status/1764132660182761787 "ބިޒްނަސް ބޭންކިން" ގެ ސާވިސް ޑެސްކުގެ ހިދުމަތް އާންމު ދުވަސްތަކުގައި ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ހަވީރު 16:00 އަށެވެ. އަދި ރޯދަ މަހު ހެނދުނު 9:30 އިން 15:00 އަށް ހިދުމަތް ދޭން ނިންމާފައިވާއިރު، ރޯދަ މަހުގެ ފަހު 10 ގައި ހިދުމަތް ދޭނީ ހެނދުނު 11:00 އިން 2:00 އަށެވެ. އެމްއައިބީން ބުނީ ބިޒްނަސް ބޭންކިންގެ ބައެއް ހިދުމަތްތައް 24 ގަޑިއިރު ދިނުމަށް ހާއްސަ ލޮބީއެއް އެ ބޭންކުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ ލޮބީގައި ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ދެވޭނެ ކަމަށާއި ލޮބީގައި ކޭޝް ޑިޕޮސިޓްކުރުމުގެ ހިދުމަތުގެ އިތުރުން ޕެޓީ ކޭޝް އަށް ހާއްސަ ކާޑެއް ވެސް ތައާރަފުކޮށްފައިވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ