
ގައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ބުރާސްފައްޗަށް ހަމަވާތީ ހަނދާންކޮށްދީފި
ގައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ބުރާސްފައްޗަށް ހަމަވާތީ ހަނދާންކޮށްދީފި
ލިޔުން:
މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާތީ ރައީސް އޮފީހުން އެކަން ހަނދާންކޮށްދީފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 އަށް ހަމަވާނެ ކަމަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅަން ފޯމުފޮނުވަން ޖެހޭނީ ގައިމީ އިނާމާބެހޭ ކޮމެޓީއަށް އެޑްރެސް ކޮށް، ރައީސް އޮފީހަށެވެ. އެ ފޯމު ހުށައަޅާއިރު ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް ހުށައެޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާބެހޭ ކޮމެޓީން އެދޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެންފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއްޔާ ޖަމާއަތް ފަދަ ތަންތަނުން އަދި މީގެ އިތުރުން ސަރުކާރުގެ އިދާރާއެއް މެދުވެރިކޮށް، ނަން ހުށައެޅޭ ގޮތަށް މިއަހަރުވެސް ހަމަޖައްސާފައިވާ ކަމަށެވެ. ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާ ތަކުންވެސް ގައުމީ އިނާމަށް ކުރިމަތިލެވޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ
ވަކިވަކި ފަރުދުން ގައުމީ އިނާމަށް ނަން ހުށައަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށާއި އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން މިއިނާމަށް ނަން ހުށަހަޅާނީވެސް އެކަމަށް ކަނޑައެޅިފައިވާ ފޯމުން ކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
