މާލެ: 31°C

މިއަހަރު ނިމޭ އިރު ކޮވިޑް-19 ގެ ކުރިން އޮތް ހާލަތަށް އިގުތިސާދު އިއާދަވާނެ: އެމްއެމްއޭ

December 4, 2022
2 ފަހަރު ބަލާފައި
މިއަހަރު ނިމޭ އިރު ކޮވިޑް-19 ގެ ކުރިން އޮތް ހާލަތަށް އިގުތިސާދު އިއާދަވާނެ: އެމްއެމްއޭ
މިއަހަރު ނިމޭ އިރު ކޮވިޑް-19 ގެ ކުރިން އޮތް ހާލަތަށް އިގުތިސާދު އިއާދަވާނެ: އެމްއެމްއޭ
ދުނިޔޭގެ އިގުތިސާދު ގޯސްކޮށް ފެނުނު ނަމަވެސް ރާއްްޖޭގެ އިގުތިސާދު ވަރުގަަދަވެ، މިއަހަރު ނިމޭ އިރު ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން އޮތް ހާލަތަށް އިއާދަވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ. އެމްްއޭއިން އެންމެ ފަހުން ނެރުނު  ކުއާޓަލީ އިކޮނޮމިކް ބްލެޓިންގައި ބުނި ގޮތުގައި ރާއްޖޭގެ އިގުތިސާދު މިއަހަރު 12.3 ޕަސެންޓުން ކުރިއަރާނެ އެވެ. ރާއްޖޭގެ އިގުތިސާދަށް މިހާ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރާ ސަބަަބަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ކުރިއަށް ދިއުމެވެ. ޓޫރިޒަމް ދާއިރާގެ ހިސާބުތަކަށް ބަލާ އިރު ޓޫރިސްޓުން ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހަައުސްތަކުގައި ހޭދަކުރާ މުއްދަތު މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ވަނީ 33 ޕަސެންޓުން އިތުުރުވެފަ އެވެ. އަދި ޓޫރިޒަމް ދާއިރާއަށް އަންނަ އަހަރު ވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެވެ އެވެ. "މިކަންތައްތައްް މިހެން ހުރުމުން އެންމެ ފަހުގެ ފޯކާސްޓް ދައްކާ ގޮތުން 2023 ވަަނަ އަހަރު ރިއަލް ޖީޑީޕީ 7.6 ޕަސެންޓުން ކުރިއަރާނެ އެވެ. މިއީ ޕެންޑެމިކްގެ ކުރިން އެވްރެޖްކޮށް ރެކޯޑް ކުރެވިފައިވާ ކުރިއެރުމަށް ވުރެ މަތީ މިންވަރެކެވެ،" އެމްއެމްއޭގެ ބްލެޓިން ގައި ބުންޏެވެ. ރާއްޖޭގެ އިގުތިސާދު ކުރިއެރި ނަމަވެސް ރާއްޖޭގެ ކަރެންޓް އެކައުންޓް ޑެފިސިޓް އަންނަ އަހަރު ޖީޑީޕީގެ 18 ޕަސެންޓަށް ފުޅާ ވާނެ ކަމަށް ވެސް އެމްއެމްއޭ އިން ލަފާކުރެ އެވެ. އެ މިންވަރު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ހުރީ އަށް ޕަސެންޓްގަ އެވެ. ޑެފިސިޓް މިހެން ބޮޑުވާ ސަބަބަކީ ރާއްޖެއަށް މުދާ އިމްޕޯޓްކުރާ މިންވަރު އިތުުރުވުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ކޮމޯޑިޓީތަކުގެ އަގު ފާހަގަކޮށްލެވޭ ވަރަށް އުފުލެމުން ދާތީ ރާއްޖެއަށް މުދާ އެތެރެެކުރަން ކުރަން ޖެހޭ ހޭދަ އަދިވެސް ބޮޑުވަމުންދާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ