މާލެ: 31°C

މިއަދުގެ މަޖިލިސް ފެށީ، އީވާގެ މައްސަލަ އެޖެންޑާ ނުކޮށް

މިއަދުގެ މަޖިލިސް ފެށީ، އީވާގެ މައްސަލަ އެޖެންޑާ ނުކޮށް
June 12, 2023
2 ފަހަރު ބަލާފައި
މިއަދުގެ މަޖިލިސް ފެށީ، އީވާގެ މައްސަލަ އެޖެންޑާ ނުކޮށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާނުކޮށް މިއަދު ގެ ޖަލްސާ ކުރިއަށް ގެންދަން  ފަށައިފި އެވެ.

ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރި ވެފައިވާތީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ގައި ބުނެފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ވަކި ކުރަން ހުށަހެޅުމުން އެކަން އަންގައި ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި, އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހަށް ފަހު އެންމެ އަވަހަށްޖެހޭ ރަސްމީ ބަންދު ނޫން ދުވަހެއްގައި ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ބާއްވަންޖެހެ އެވެ.

އިވާގެ މައްސަލައިގައި ނޯޓިސް ހަމަވަނީ މިއަދު އެވެ.

މަޖިލީހުގެ އަމީން އާންމު ވިދާޅުވެފައިވަނީ އީވާގެ މައްސަލަ އެޖެންޑާ ކުރެވޭނީ ކޮމެޓީ ފުރިހަމަވުމުން ކަމަށެވެ. އަދި ކޮމިޓީ ފުރިހަމަ ނުވާކަމަށެވެ. 

މިއަދުގެ ޖަލްސާ ފެށިގެން ކުރިއަށް ދާ އިރު ، އިދިކޮޅު މެންބަރުން ދަނީ، މިކަމާ ދެކޮޅުހައްދަވާ، މަޖިލީހުގައި އަޑުގަދަ ކުރައްވަމުން ނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ