މާލެ: 31°C

މިއަދުވެސް މައްޗަންގޯޅީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދުވެސް މައްޗަންގޯޅީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
May 9, 2023
2 ފަހަރު ބަލާފައި
މިއަދުވެސް މައްޗަންގޯޅީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް މާލޭގެ ބައެެއް ސަރަހައްދު ތަކުން މިއަދު ކަރަންޓު ހިނގައިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، މައްޗަންގޯޅީގެ، ގުލްހަޒާރު ގޯޅިއާއި، ނަސީމީ ހިނގުމާއި، އުނިގަސްމަގުގެ އިތުރުން ދަކަނދާ މަގުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ. [embed]https://twitter.com/STELCOMALDIVES/status/1655784894826692608?s=20[/embed] ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ކަަރަންޓު ކެނޑިދާނެކަމަށް ބެލެވޭ ސަހައްދުތައް ފާހަގަކޮށްފައިވެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދޭކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ