
މިއަދުން ފެށިގެން ކީރިތި ގުރުއާން ކިޔަވާދޭ ކޯސްތައް ހިންގޭނީ ވަކި ގަވައިދަކުން ކަމަށް ކަނޑައަޅައިފި
މިއަދުން ފެށިގެން ކީރިތި ގުރުއާން ކިޔަވާދޭ ކޯސްތައް ހިންގޭނީ ވަކި ގަވައިދަކުން ކަމަށް ކަނޑައަޅައިފި
ލިޔުން:
ކީރިތު ގުރުއާން ކިޔަވައިދިނުމުގައި ހިމެނޭ މިނިމަން ސްޓެންޑަޑް ކަނޑައަޅައި އާންމުކޮށްފި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ނެރުނު މިނިމަން ސްޓެންޑަޑް ގައި ބުނާ ގޮތުން، ކީރިތި ގުރުއާން ކިޔަވައިދިނުމަށް ހިންގާ ތަމްރީނުތައް ހިންގޭނީ އެގަވައިދާ އެއްގޮތަށެވެ.
އެ ސްޑެންޑާޑް ކަނޑައެޅުމުގެ މަގުސަދުތަކުގެ ތެރޭގައި، އާންމުންނާއި އެ ދާއިރާގެ މާހިރުންގެ މެދުގައި، ކިޔަވާ ކުދިންގެ ފެންވަރާ މެދު އުފެދޭ ކަންބޮޑުވުން ކުޑަކުރުމާއި، ފެންވަރު ރަނގަޅު ޓިޗަރުން އުފެއްދުމާއި، ތައުލީމުދޭ ތަންތަނުގެ ފެންވަރު އެއްގޮތް ކުރުން ހިމެނޭ ކަމުގައި އެމްކިއުއޭ އިން ބުންޏެވެ.
ކީރިތި ގުރުއާން ކިޔަވާ ދެވޭނެ މޮޑިއުލް ތަކާއި ކޯ މޮޑިއުލްތައް، ސެޓްފިކެޓް ކޯހުން ފެށިގެން ބެޗްލާސް ޑިގްރީއާ ހަމައަށް އެ ސްޓެންޑާޑް ގައި ތަފްސީލުކޮށްފައި ވެއެވެ. އަދި ކޯސްތަކުގެ މުއްދަތާއި ކޮލިފިކޭޝަން އާ އެއްގޮތަށް ލިބެންޖެހޭ ކްރެޑިޓް ވެސް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ކޯސްތަކުގައި ބައިވެރި ވުމުގެ އެންޓަރީ ކްރެޓިރިއާ ވެސް އެ ސްޓެންޑާޑް ގައި ވެއެވެ.
އެ ސްޓެންޑާޑް އަށް އަމަލު ކުރަން ފަށާނީ، ގެޒެޓް ކުރާ ދުވަހުން ފެށިގެންކަމަށް އޮތުމުން، މިއަދުން ފެށިގެން އެއަށް އަމަލުކުރަން ފަށާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
