މާލެ: 31°C
މިއަދުގެ ވިއްސާރައިގައި ގެއްލުންވި 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މިއަދުގެ ވިއްސާރައިގައި ގެއްލުންވި 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

January 12, 2024
3 ފަހަރު ބަލާފައި
މިއަދުގެ ވިއްސާރައިގައި ގެއްލުންވި 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އަށް ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާދީފައިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ. ރެއިން ފެށިގެން މާލެއަށަ ހުއްޓާ ނުލާ ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެންޑީއެމްއޭއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި މާލެގެ އިތުރުން 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށެވެ. އެއީ ތ.ގުރައިދޫ، ތ.ދިޔަމިގިލި، ލ.މާމެންދޫ، ދ.ކުޑަހުވަދޫއެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާލޭގެ ގެތަކަކަށް ކަމަށް ވެސް އެންޑީއެމްއޭ ވިދާޅުވެއެވެ. އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ގެއްލުން ލިބިގެން މާލޭއިން 144 ގެއަކުން އެހީތެރިކަމަށް އެދުނުކަމަށެވެ. އަދި މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި 91 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މީގެ އިތުރުން 8 ގެއެއްގެ 57 މީހުނަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވެސް ވަނީ ހަމަޖައްސާފައައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ